އިސްރާއީލުން ހުޅަނގު އައްސޭރި އެމީހުންގެ ބާރުގެ ދަށަށް ގެންދިއުމަކީ "ވުން އެކަށީގެންވާ ކަމެއް ނޫން" ކަމަށް އީރާނުގެ އިސްލާމިކް ރެވޮލިއުޝަން ގާޑްސް ކޯޕްސް (އައި.އާރް.ޖީ.ސީ) ގެ ޤުދްސް ފޯސްގެ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް އިސްމާއީލް ޤާނީ ވިދާޅުވެއްޖެއެވެ. އެކްސްްްގައި ކުރައްވާފައިވާ ޕޯސްޓެއްގައި އޭނާ ވިދާޅުވެފައިވަނީ
އޭގެ ބަދަލުގައި އިސްރާއީލް އެތެރެއިން ވެއްޓިގެން ދިއުމަކީ ޔަގީން ކަމެއް ކަމަށްް ވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވެފައިވަނީ ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ތިބި އިސްތިއުމާރީންނަށް ވަނީ "އިޖުތިމާއީ ކެންސަރެއް" ޖެހިފައިވާ ކަމަށެެވެ. އެހެން ކަމުންް އެތެރެއިން އެމީހުން ވެއްޓި ހަލާކުވެގެން ދިއުމަކީ ކަނޑައެޅިގެން ވާނެކަމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އޭނާ އިތުރަށް ވިދާޅުވީ ހުޅަނގު އައްސޭރީގައި އުޅޭ އަނިޔާވެރި ޓެރަރިސްޓުންނަށް ފަލަސްތީނުގެ މައްސަލަ ބައިނަލްއަގުވާމީ ދުނިޔެއިން އެއްފަރާތް ނުކުރެވޭނޭ ކަމަށެވެ.
ބިންތައް ފޭރުމަކީ އިސްރާއީލިހެ އަނިޔާވެރީންނަަށް ކުރެވޭނޭ ކަމެއް ނޫން ކަމަށާއި، އޭގެ ބަދަލުގައި އެމީހުން ހަލާކުވާނޭ ކަމަށް ޤުދްސް ފޯސްގެ ވެރިޔާ ވިދާޅުވިއެވެ.





