ދިވެހި|English Aug 24, 2026 · 06:23
Top banner
Advertisement
ސައުވީސް ދަޅު ބިޔަރާއެކު ދެ މީހަކު ހައްޔަރު ކޮށްފި
News

ސައުވީސް ދަޅު ބިޔަރާއެކު ދެ މީހަކު ހައްޔަރު ކޮށްފި

މމުހައްމަދު އަލީAug 23, 2026

ބަނގުރާ ގެންގުޅުމާއި، ބޭނުންކުރުމާއި، އެއިން ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ މީހަކަު ހައްޔަރު ކޮށްފިއެވެ. ފުލުހުން ވިދާޅުވީ މި ދެމީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލޭ ފޭސް 1އިން ކަމަށެވެ.

\ހައްޔަރުކޮށްފައިވާ ދެ މީހުންނަކީ ޅ. ނައިފަރު، ރާނީވިލާ މުޙައްމަދު މުބާރިކް (32އ) އާއި ހަމަ އެރަށު، ސައިލުގޭ، ޙަސަން ޤާސިމް (23އ) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ހުޅުމާލެ ފޭސް 1ގެ ފުލުހުން ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސް ކޮށްގެންނެވެ. ދެ މީހުން ވެސް ހައްޔަރު ކޮށްފައިވަނީ ކަންނެލި ޖެޓީ ކައިރީންނެވެ.

މި އޮގަސްޓު މަހުގެ 21 ވަނަ ދުވަހުގެ ރޭ ކަންނެލި ޖެޓީ ސަރަހައްދުގައި ފުލުހުން ޕެޓްރޯލުކުރަމުން ދަނިކޮށް ފުލުހުން އެމީހުން ހުއްޓުވައި ފާސްކުރީ އެމީހުންގެ އަމަލުތައް ހުރިގޮތުން ޝައްކުވެެގެންނެވެ. އެ މީހުން ހުއްޓުވައި އެ މީހުން އެ ވަގުތު ތިބި ސަރަހައްދާއި، ގެންގުޅުނު ތަކެތި ބަލައިފާސްކުރިއިރު 24 ދަޅު ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.  

މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު މުބާރިކް 15 ދުވަހަށް، ޙަސަން ޤާސިމް ފަސްދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމަރު ކޮށްފައެވެ. މި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

Related News