ރާއްޖޭގެ ކުޅަދާނަ ޢިލްމުވެރިޔާ ޑރ. ޙަސަން ޙަމީދު ލިޔުއްވާފައިވާ އިނގިރޭސި-ދިވެހި ބަސްފޮތް މިއަދު ނެރެފިއެވެ. މި ފޮތް ނެރެދެއްވީ ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލްޤައްޔޫމެވެ.
ފޮތްނެރުމުގެ ރަސްމިއްޔާތު އޮތީ ޤައުމީ ޔުނިވަރސިޓީގެ އޮޑިޓޯރިއަމުގައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ މިއީ ދިވެހި ބަހަށާއި އަދަބިއްޔާތަށް އިތުރުވި ޚަޒާނާއެއް ކަމަށެވެ. މިއީ ޢިލްމީ ނަމޫނާ މަސައްކަތެއް ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވިިއެވެ. މައުމޫން ވިދާޅުވީ ޑރ. ޙަސަން ޙަމީދަކީީ ނަމުން ޑރ. އެއް ނޫންކަމަށާއި އެއީ ޙަޤީޤީ ޢިލްމުވެރިއެއް ކަމަށް މައުމޫން ވިދާޅުވިއެވެ. މިފަދަ ފޮތެއް އެކުލަވާލުމަކީ ކަވިމަސައްކަތެއްގެ ގޮތުގައި ރައީސް މައުމޫން ވަނީ ފާހަގަ ކުރައްވައިފައެވެ.
ޑރ. ޙަސަން ޙަމީދުގެ މިފޮތުގައި 1992 ސަފުހާ ހިމެނެއެވެ. އަދި 120،000 އަށްވުރެ ގިނަ ލަފުޒު ހިމެނެއެވެ. މިއީ ރާއްޖެގައި މިހާތަނަށް ނެރުނުމިފަދަ އެންމެބޮޑު އެއްފޮތެވެ.
ރައީސް މައުމޫން ވިދާޅުވީ ކުދިން އިނގިރޭސިބަހުން ވާހަކަ ދެއްކުން ރާއްޖޭގައި މިހާރުވަނީ އިތުރުވެފައި ކަމަށެވެ. އޭގެ ސަބަބުން މާދަރީ ބަސްނެތިދިޔުމުގެ ބިރުއެބައޮތް ކަމަށްވެސް ވިދާޅުވިއެވެ. އެހެން ކަމުން ކުދިންނަށް ދިވެހިބަސް ދަސްކޮށްދީ ކުށް ނުލައި ސާފު ދިވެހިބަހުން ވާހަަކަ ދައްކަން ދަސްކޮށްދޭންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.




