ދިވެހި|English Aug 24, 2026 · 09:24
Top banner
Advertisement
Photo
News

ގޭސްފުޅިއެއް ގޮވައި ހަތަރު ބިދޭސީއަކަށް އަނިޔާވެއްޖެ

މމުހައްމަދު އަލީAug 24, 2026

ފުލުހުން ވިދާޅުވީ މިހާދިސާ ހިނގި ކަމުގެ މައުލޫމާތު ލިބިފައިވަނީ ރޭ ފަތިހު 5:27 އެހައިކަންހާއިރު ކަމަށެވެ.

 މި ހާދިސާގައި ހަތަރު މީހަކަށް އަނިޔާވި ކަމަށާއި އެއީ ބިދޭސީން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އަނިޔާވި މީހުންނަށް އައިޖީއެމް ހޮސްޕިޓަލުގައި މިހާރުދަނީ ފަރުވާދެމުން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އަނިޔާވެފައިވަނީ ބަންގްލަދޭޝް ދެ މީހަކަށާއި، އިންޑިއާގެ ދެމީހަކަށް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އޭގެ ތެރެއިން 2 މީހުންގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެގޭގައި ރޯވި އަލިފާން މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައި ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ. މިހާދިސާގެ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހިއްސާ ކުރައްވާފައެއް ނުވެއެވެ. މި މައްސަލަ ދަނީ ތަހުގީގުކުރަމުން ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

Related News