ދިވެހި|English Aug 29, 2026 · 18:35
Top banner
Advertisement
އަޅުގަނޑުމެން ދެ ޓީމުން މަސައްކަތް ނިންމާލާނީ ބޮޑުބަދަލު ގެނައުމަށްފަހު: ފައްޔާޒު
News

އަޅުގަނޑުމެން ދެ ޓީމުން މަސައްކަތް ނިންމާލާނީ ބޮޑުބަދަލު ގެނައުމަށްފަހު: ފައްޔާޒު

މމުހައްމަދު އަލީAug 29, 2026

ރައީސް މުޙައްމަދު ނަޝީދާއި ފައްޔާޒު  އިސްމާޢީލްގެ ޓީމުން މަސައްކަތް ނިންމާލާނީ ކޮންމެހެން ރާއްޖެއަށް ގެންނަންޖެހޭ ބޮޑުބަދަލު ގެނެސްފައި ކަމަށް ފައްޔަޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވެފައިވަނީ "މާތް اللهގެ އިރާދުފުޅާއެކު ރައީސް މުޙައްމަދު ނަޝީދާއި އަޅުގަނޑުމެން ދެ ޓީމުގެ މަސައްކަތް ނިންމާލާނީ މި ރާއްޖެއަށް ގެންނަން ކޮންމެހެން ޖެހިފައިވާ ބޮޑު ބަދަލު ގެނައުމަށްފަހު،" ކަމަށް "ބޮޑު ބަދަލު މެނިފެސްޓޯއަށް ތާއިދުކުރައްވާ އަދި އުންމީދުގައި ތިއްބެވި އެމްޑީޕީގެ މެންބަރުންނާއި އާންމު ދިވެހި ރައްޔިތުންނަށް،" ފައްޔާޒު އިސްމާޢީލް ވިދާޅުވެފައިވެއެވެ.

ފައްޔާޒު މިހެން ވިދާޅުވީ "ބޮޑު ބަދަލު" ނަމުގައި ހަދާފައިވާ ވަޓްސްއެޕް ގްރޫޕަކުން މީގެ ތިން ހަފްތާކުރިން ފައްޔާޒު ނުކުންނެވުމުން އެވާހަކަ ރާއްޖޭގެ މީޑިއާގައި ފަތުއަޑުކިޔާފައި ދައުރުވާން ފެށުމުންނެވެ. ފައްޔާޒު ވިދާޅުވީ އެއީ ބޮޑު ބަދަލާ ގުޅޭ ރަސްމީ ގްރޫޕެއް ވެސް ނޫން ކަމަށެވެ.

ފައްޔާޒު އިސްމާޢީލަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނޭކަން އިއުލާން ކުރައްވާފައިވާ ބޭފުޅެކެވެ.

 

Related News