ދިވެހި|English Aug 31, 2026 · 10:39
Top banner
Advertisement
ފުވައްލަކު އެކްސިޑެންޓާ ގުޅިގެން ހައްޔަރު ކުރި މީހާގެ ބަންދަށް ފަނަރަ ދުވަސް
News

ފުވައްލަކު އެކްސިޑެންޓާ ގުޅިގެން ހައްޔަރު ކުރި މީހާގެ ބަންދަށް ފަނަރަ ދުވަސް

މމުހައްމަދު އަލީAug 30, 2026

އޮގަސްޓު 29 ވަނަ ދުވަހުގެ އިރުއޮއްސި 18:22 އެހައިކަންހާއިރު،  ފުވައްމުލަކުގައި ހިނގި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރީ މީހާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން އޭނާ ފަނަރަ ދުވަހަށް ބަންދު ކުރުމަށް ކޯޓުން ފުލުހުންގެ މައްޗަށް އަމުރު ކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ފުވައްމުލަކު، މިސްކިތްމަގު، އަންދާޒު، އަޙްމަދު ޢައުނުﷲ  އެވެ.  ފުލުހުން ވިދާޅުވެފައިވަނީ އޭނާވަނީ ކާރެއްގައިގޮސް، މޫޑިގެ ކުރިމަތިން ދުއްވާފައި ދިޔަ ސައިކަލެއްގައި ޖައްސައި އެކްސިޑެންޓްކޮށްލާފައި ކަމަށެވެ. އެއަށްފަހު ވެސް މަޑުނުކޮށް ގޮސް އެ މަގުން ދަތުރުކުރި އެހެން ކާރެއްގައި ޖެހިފައި މަތަނުވެ ގޮސް ރުކެއްގައި އެކާރުވަނީ ޖައްސާފައި ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

މި އެކްސިޑެންޓުގައި ސައިކަލު ދުއްވާފައި ވަނީ އަންހެނެކެވެ. ކާރުން އެ ސައިކަލުގައި ޖެއްސުމުން އެ އަންހެން މީހާއަށާއި ފަހަތުގައި އިން 8 އަހަރުގެ އަންހެން ކުއްޖާއަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އެ މީހުންނަށް ވަނީ ފުވައްމުލައް ހޮސްޕިޓަލުގައި ފަރުވާދީފައެވެ. އެ ދެ މީހުންނަށް ވެސް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވިދާޅުވެފައިވެއެވެ.

"މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި، ކާރު ދުއްވި މީހާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ތުހުމަތު ކުރެވެއެވެ. އަދި މި އެކްސިޑެންޓްތައް ކޮށްފައިވަނީ ކާރުގެ ވެރިފަރާތަށް އަނިޔާކޮށް، ކާރު ހަލާކުކޮށްލާނެ ކަމަށް ބުނެ އިންޒާރުދިނުމަށްފަހު ގަދަކަމުން ކާރު އަތުލައިގެން ގޮސްކަން ވެސް ތަހުގީގަށް ވަނީ އެނގިފައެވެ." ފުލުހުން ވިދާޅުވެފައިވެއެވެ.

މި އެކްސިޑެންޓުގައި ޝާމިލްވާ ދެ ކާރަށާއި ސައިކަލަށް އެކިވަރުގެ ގެއްލުން ވެފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މި މައްސަލަ އިތުރަށް ތަހުގީގު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

Related News