ދިވެހި|English Aug 31, 2026 · 13:31
Top banner
Advertisement
އެކްސިޑެންޓެއްގައި އަނިޔާވި ދެމީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިހުޅުމާލޭގައި ހުންނަ ފުލުހުންގެ މަރުކަޒު: މިއަދުގެ އެކްސިޑެންޓު ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވި/
News

އެކްސިޑެންޓެއްގައި އަނިޔާވި ދެމީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި

މމުހައްމަދު އަލީAug 31, 2026

ހުޅުމާލެ ފޭސް ދޭއްގައި މިއަދު ހެނދުނު ހިނގި އެކްސިޑެންޓެއްގައި ދެމީހަކަށް އަނިޔާ ވެއްޖެއެވެ. އަނިޔާވި ދެމީހުންނަށް މިހާރުދަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންން ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އަނިޔާ ވެފައިވަނީ ސައިކަލު ދުއްވަންއިން އުމުރުން 62 އަހަރުގެ ދިވެހި ފިރިހެނަކަށާއި ސައިކަލް ފަހަތުގައި އިން ސައުވީސް އަހަރުގެ ދިވެ ފިރިހެނަކަށެވެ. ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ ހީނާމާ ހިނގުމާއި ދުނބުރިގަސް މަގު ގުޅުނު ހަތަރު އަނގޮޅީގައެވެ. އެކްސިޑެންޓުވީ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. މި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ 2026 އޮގަސްޓް 31 ވަނަ ދުވަހުގެ ހެނދުނު 07:44 އެހައިކަންހާއިރު ކަމަށް ފުލުހުންގެ މީޑިއާއިން ރިޕޯޓު ކޮށްފައިވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް ފުލުހުންގެ މީޑިއާއިން ހާމަކޮށްފައި ވެއެވެ.

Related News