ދިވެހި|English Sep 13, 2026 · 06:12
Top banner
Advertisement
ޔަމަނުގެ ކާމިޔާބީތަކަކީ އަހަރުތަކެއް ވަންދެން ސާބިތުކަމާއެކު ކުރިމަސައްކަތުގެ ނަތީޖާ: ހުސައިން މުހިއްބީހުސައިން މުހިއްބީ
World

ޔަމަނުގެ ކާމިޔާބީތަކަކީ އަހަރުތަކެއް ވަންދެން ސާބިތުކަމާއެކު ކުރިމަސައްކަތުގެ ނަތީޖާ: ހުސައިން މުހިއްބީ

މމުހައްމަދު އަލީSep 12, 2026

ޔަމަނުގެ އަންސާރުﷲ ޖަމާއަތުން ހޯދަމުންދާ ކާމިޔާބީތަކަކީ އެންމެ އުނދަގޫ ދަނޑިވަޅުތަކުގައި އަހަރުތަކެއް ވަންދެން ސާބިތު ކަމާއެކު ކުރި މަސައްކަތުގެ ނަތީޖާ ކަމަށް އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) ގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް ހުސައިން މުހިއްބީ ވިދާޅުވެއްޖެއެވެ.

ޔަމަނުގެ ހުޅަނގު ފަރާތު އައްސޭރިފަށުގައި އަންސާރުﷲ އިން ހޯދި ކާމިޔާބީތަކަކީ އިލާހީ ނަޞްރެއް ކަމަށާއި، އެއީ އެންމެ ގޮންޖެހުން ބޮޑު މައިދާންތަކުގައި އަހަރުތަކެއް ވަންދެން ދެއްކި ސާބިތުކަމުގެ ނަތީޖާ ކަމަށް މުހިއްބީ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްގައި ލިޔުއްވާފައިވެއެވެ.

ސަޢޫދީގެ ލަޝްކަރުތަކާ ދެކޮޅަށް ހިންގި އޮޕަރޭޝަނުގެ މައުލޫމާތު ދެއްވަމުން ޔަމަނުގެ އާމްޑް ފޯސަސްގެ ތަރުޖަމާނު ޔަޙްޔާ ސާރީ ކުރިން ވިދާޅުވީ، މި އޮޕަރޭޝަނުގައި 5,400 އަކަކިލޯމީޓަރަށްވުރެ ބޮޑު ސަރަހައްދެއް މިނިވަންކުރެވި، ދުޝްމަނުންގެ 7 މިލިޓަރީ ޑިވިޝަނަކާއި 38 ބްރިގޭޑަކަށް އަމާޒުކޮށް ހަމަލާދީފައިވާ ކަމަށެވެ.

ސެޕްޓެމްބަރު 3 ގައި، ރައްޔިތުންނާއި މިނިވަން ޤަބީލާތަކުގެ ބޮޑު ބައިވެރިވުމަކާއެކު، ޔަމަނުގެ ފޯސްތަކުން ވަނީ އޮޕަރޭޝަނެއް ފަށާފައެވެ. މި ޚާއްޞަ އޮޕަރޭޝަން ހިންގާފައިވަނީ ހުޅަނގު އައްސޭރީގެ ވަކި ސަރަހައްދުތަކަކުންނާއި ތަފާތު އެކި މިސްރާބުތަކުން ސަޢޫދީ ކުލީ ސިފައިން ބޭރުކުރުމަށް ކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ.

ސަޢޫދީ ކުލީ ސިފައިން، ޔަމަނަށް ވެރިވެގަނެ އެ ޤައުމު އިސްތިއުމާރުކުރަން އުޅުމުގެ ތެރޭގައި ޔަމަނުގެ ރައްޔިތުންނާ ދެކޮޅަށް ނުބައި އަދި ބޮޑެތި ޖަރީމާތަކެއް ހިންގާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

 

Related News