ތެހެރާން، އައިއާރުއެންއޭ – އެމެރިކާގައި ތެލުގެ އަގު 9.99 ޑޮލަރަށް އަރައިފިއެވެ. ބްލޫމްބާގް އިން މިކަން ރިޕޯޓްކުރުމާ ގުޅިގެން، އީރާނުގެ މަޖިލިސް ރައީސް މުހައްމަދު ބާގިރް ގާލިބާފް ވަނީ އެމެރިކާގެ މަޝްހޫރު އެނިމޭޓެޑް ސީރީޒް "ދަ ސިމްޕްސަންސް" އިން އެނިމޭޝަން ކްލިޕެއް ހިއްސާކުރައްވައި އެމެރިކާއަށް މެސެޖެއްދީފައެވެ.
އާދީއްތަ ދުވަހު ގާލިބާފްގެ އަމިއްލަ އެކްސް އެކައުންޓްގައި ހިއްސާކުރެއްވި މި ކްލިޕުން ފެންނަނީ "ދަ ސިމްޕްސަންސް" ގެ މަންޒަރެކެވެ. އޭގައި އެމެރިކާގައި ތެލުގެ އަގު ރެކޯޑް މިންވަރަކަށް އުފުލޭނެ ކަމަށް ކުރިން ލަފާކޮށްފައިވާ ފަދައެވެ. އެ މަންޒަރުގައި، ގޭސް ސްޓޭޝަނެއްގެ އަގު ދައްކައިދޭ ބޯޑުގައި ދެގުނަ އަދަދެއް (ޑަބަލް ޑިޖިޓް) ނުދެއްކުމުން، ކެރެކްޓަރަކު ސަމާސާއަކަށް ތެޔޮ ހިލޭ ވެއްޖެކަމަށް ބުނެއެވެ.





