ދިވެހި|English Sep 16, 2026 · 17:04
Top banner
Advertisement
ސްޕެޝަލް ކޮންސްޓަބިއުލަރީ އަސާސީ ތަމްރީނުގެ ކޯހެއް ފަށައިފި
News

ސްޕެޝަލް ކޮންސްޓަބިއުލަރީ އަސާސީ ތަމްރީނުގެ ކޯހެއް ފަށައިފި

މމުހައްމަދު އަލީSep 16, 2026

ސްޕެޝަލް ކޮންސްޓަބިއުލަރީ އަސާސީ ތަމްރީނު ކޯހުގެ 11 ވަނަ ބުރު ކުޅުދުއްފުށި ސިޓީގައި ފަށައިފިއެވެ.

މިއީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ކުރިއަށްގެންދާ ކޯހެކެވެ. މި ކޯހުގައި ފުލުހުންނަށް ބޭނުންވާ އަސާސީ ތަމްރީނާއި ހުނަރުތައް ދަސްކޮށްދޭނެއެވެ. މި ކޯސް ކުރިއަށްގެންދަނީ މި މަހު 15 އިން ފެށިގެން ހަތަރު ހަފުތާގެ މުއްދަތަށް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މިއީ ސްޕެޝަލް ކޮންސްޓަބިއުލަރީ ފުލުހުންގެ ވާޖިބު އަދާކުރުމަށް ބޭނުންވާ  އިލްމާއި އަމަލީ ހުނަރާއި، ސުލޫކީ މިންގަނޑުތަކާއި ޕްރޮފެޝަނަލް މިންގަނޑުތަކަށް އަހުލުވެރިކުރުވުމަށް ފަރުމާކޮށްފައިވާ ކޯހެއް ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

 މި ކޯހުގައި ކިޔަވައިދޭ ބައިތަކުގެ ތެރޭގައި “ފިޒިކަލް ޓްރެއިނިންގ އަދި ލައިފް ސްޓައިލް ފިޓްނެސް، ޑްރިލް، ޔޫސް އޮފް ފޯސް އެންޑް ޑިފެންސިވް ޓެކްނިކްސް، ގާނޫނުތައް، ކޮމިއުނިކޭޝަން އެންޑް ޕޮލިސިންގ، ސެކިއުރިޓީ ސްކިލްސް، ލައިފް ސޭވިންގ ސްކިލްސް އަދި ބޭސިކް ފަސްޓްއެއިޑްއާއި ބޭސިކް ފަޔަރ ކޮންޓްރޯލް” ހިމެނެއެވެ.

 މި ކޯހުގައި ބައިވެރިވަނީ ސްޕެޝަލް ކޮންސްޓަބިއުލަރީ 16 ފިރިހެން ފުލުހުންނާއި 3 އަންހެން ފުލުހެކެވެ.

 

Related News