ދިވެހި|English Sep 17, 2026 · 03:09
Top banner
Advertisement
އިސްރާއީލާއި މޮރޮކޯއިން ގުޅުން ބަދަހިކޮށް، އެމްބަސީތައް ހުޅުވުމަށް އެއްބަސްވެއްޖެ
World

އިސްރާއީލާއި މޮރޮކޯއިން ގުޅުން ބަދަހިކޮށް، އެމްބަސީތައް ހުޅުވުމަށް އެއްބަސްވެއްޖެ

އއަހުމަދު މުހައްމަދުSep 17, 2026

އިސްރާއީލާއި މޮރޮކޯއިން ސުލްހަވެރި އަދި ޑިޕްލޮމެޓިކް ގުޅުންތައް އިތުރަށް ބަދަހިކުރުމަށް އެއްބަސްވެއްޖެއެވެ. މި އެއްބަސްވުމާއެކު ދެގައުމުން ވަނީ އެމްބަސީތައް ހުޅުވައި ސަފީރުން އައްޔަންކުރުމަށް ނިންމައިފައި ކަމަށް އިސްރާއީލު ސަރުކާރުން ވިދާޅުވިއެވެ. .

އިސްރާއީލު ސަރުކާރުގެ ރަސްމީ އަރަބި އެކްސް (X) އެކައުންޓުން ނެރުނު ބަޔާނެއްގައިވާ ގޮތުން، މި އެއްބަސްވުމަށް އާދެވުނީ ނިއުޔޯކްގައި އިސްރާއީލުގެ ޚާރިޖީ ވަޒީރު ގިޑިއޮން ސަރ، މޮރޮކޯގެ ޚާރިޖީ ވަޒީރު ނާސިރު ބޫރިތާ އަދި އދ. އަށް ކަނޑައަޅާފައި ހުންނަ އެމެރިކާގެ ސަފީރު މައިކް ވޯލްޒްއާ ދެމެދު ބޭއްވި ބައްދަލުވުމެއްގައެވެ.

އިސްރާއީލު ސަރުކާރުގެ ބަޔާނުގައިވާ ގޮތުން، ދެގައުމުގެ ދެމެދުގައި ދަތުރުފަތުރުގެ އުދުހުންތައް ފުޅާކުރުމަށާއި އިންވެސްޓްމަންޓް ރައްކާތެރިކުރުމުގެ އެއްބަސްވުމަކަށް ވެސް ދެ ގައުމުން ވަނީ އެއްބަސްވެފައެވެ.

އެމެރިކާއިން އިސްނަގައިގެން އެކުލަވާލި "އަބްރަހަމް އެކޯޑްސް" ގެ ދަށުން މޮރޮކޯއިން އިސްރާއީލާއެކު ގުޅުން ގާއިމުކުރުމަށް އެންމެ ފުރަތަމަ އެއްބަސްވީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

Related News