ބުރާސްފަތި ދުވަހުގެ ހެނދުނުން ފެށިގެން ތެލުގެ އަގު ވަނީ ދަށަށް ގޮސްފައި ކަމަށް އަލްޖަޒީރާއިން ރިޕޯޓު ކޮށްފިއެވެ.
މި ބަދަލުއައީ އިރުމަތީ މެދުތެރޭގެ ސަރަހައްދުގައި ތެޔޮ ފޯރުކޮށްދިނުމަށް ބުރޫއަރާފާނެކަމުގެ ބިރު ކުޑަކުރުމަށް ސަޢޫދީ ޢަރަބިއްޔާއިން އޮމާން މެދުވެރިކޮށް ސޫދާނަން އިތުރަށް ތެޔޮ ފޮނުވަން ނިންމި ކަމަށް ފެތުރުނު ޚަބަރުތަކާއެކު، އައި ބަދަލެއް ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
ޖީއެމްޓީ ގަޑިން 00:49 އާއި ހަމައަށް ބްރެންޓް ކްރޫޑް ފިއުޗާސްގެ އަގު ވަނީ 1.24 ޑޮލަރު (1.2 އިންސައްތަ) ދަށަށް ގޮސް، ފީފާއެއްގެ އަގު 104.59 ޑޮލަރަށް ދަށްވެފައެވެ. އަދި އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަރމީޑިއޭޓް (ޑަބްލިއުޓީއައި) ފިއުޗާސްގެ އަގު ވަނީ 1.14 ޑޮލަރު (1.1 އިންސައްތަ) ދަށަށް ގޮސް، 101.29 ޑޮލަރަށް ދަށްވެފައެވެ.





