ދިވެހި|English Sep 17, 2026 · 12:59
Top banner
Advertisement
ނުވަސަތޭކަ ކިލޯގެ ފަސްދޮޅަސްހާސް ބަރު ބޮން އިސްރާއީލަށް ވިއްކަނީ
World

ނުވަސަތޭކަ ކިލޯގެ ފަސްދޮޅަސްހާސް ބަރު ބޮން އިސްރާއީލަށް ވިއްކަނީ

އއަހުމަދު މުހައްމަދުSep 17, 2026

ނުވަސަތޭކަ ހަތް ކިލޯ ބަރުދަން ހުންނަފަސްދޮޅަސްހާސް ބޮން އިސްރާއީލަށް ވިއްކަން އެމެރިކާ ސަރުކާރުން ތައްޔާރުވާން ފަށައިފިއެވެ.

އެމެރިކާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހުޅަނގުގެ އަސްކަރީ ގުދަން ތަކުގައި ހުރި އެންމެ ސިއްސައިގެންދާ ފަދަ ހަތިޔާރުތައް ހިމެނޭ މި ވިޔަފާރި ކުރުމުގެ ހުއްދަ ޓްރަމްޕްގެ ސަރުކާރުން މިހާރުވަނީ ދީފައެވެ. އަދި މިކަންވަނީ ކޮންގްރެސްއަށް ވެސް ނުރަސްމީކޮށް އަންގާފައެވެ. މިއީ އެމެރިކާއިން އިސްރާއީލަށް ފޮނުވާ އެންމެ ބޮޑު އެއް ހަތިޔާރުގެ ޕެކޭޖެވެ. މިއީ ޣައްޒާގައި ހިންގާތާ ގާތްގަނޑަކަށް ތިން އަހަރުވެފައިވާ ނަސްލުނައްތާލުމުގެ ހަނގުރާމައާއި، ހިފާފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލުގެ ވަޒަންވެރިން ހިންގަމުންދާ އަނިޔާވެރިކަމާއި، އަދި ދެކުނު ލުބުނާނަށް ދެމުންދާ ވަރުގަދަ ހަމަލާތަކަށްފަހު އައިސްފައިވާ ނިންމުމެކެވެ. މި ކަންކަމުގެ ސަބަބުން އެތައް ހާސް ބަޔަކު މަރުވެ، އެތައް މިލިއަން ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ.

މިކަން މިއައީ އީރާނާއެކު ކުރެވޭ ހަނގުރާމައިގެ ސަބަބުން އެމެރިކާގެ އަމިއްލަ ހަތިޔާރު ހުސްވަމުންދާ ދަނޑިވަޅެއްގައެވެ. އަދި ރަޝިޔާއިން ޔޫކްރޭނުގައި ކުރާ ހަނގުރާމައިގެ ސަބަބުން މި މައްސަލަ ވަނީ އިތުރަށް ގޯސްވެފައެވެ.

މިހާރުގެ ސުވާލަކީ އެމެރިކާއިން އިސްރާއީލަށް ފޮނުވަނީ ކޮން ކަހަލަ ބޮންތަކެއްތޯއާއި، އެއިން އިސްރާއީލަށް ކުރެވޭނީ ކޮން ކަމެއްތޯއެވެ.

 

Related News