ދިވެހި|English Sep 17, 2026 · 13:03
Top banner
Advertisement
އަވަށްޓެރީންނާ އޮތް މައްސަލަތައް ހައްލު ކުރަން ތައްޔާރު: ޕަޒެޝްކިއަން
World

އަވަށްޓެރީންނާ އޮތް މައްސަލަތައް ހައްލު ކުރަން ތައްޔާރު: ޕަޒެޝްކިއަން

އއަހުމަދު މުހައްމަދުSep 17, 2026

އަވަށްޓެރި ގައުމުތަކާއެކު އޮތް މައްސަލަތައް ޑިޕްލޮމެޓިކް އުސޫލުގެ ތެރެއިން ހައްލު ކުރުމަށް އީރާނު އޮތީ ތައްޔާރަށް ކަމަށް އެގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ އަވަށްޓެރި ގައުމުތަކާއެކު އޮތް ޚިޔާލުތަފާތުވުންތައް މަޝްވަރާއާއި އިހުތިރާމާއެކު ހައްލުކުރެވޭނޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ރައީސް ޕަޒެޝްކިއަން މިހެން ވިދާޅުވީ އިރާގުގެ ކުރުދިސްތާން ޕޭޓްރިއޮޓިކް ޔޫނިއަން (ޕީޔޫކޭ) ގެ ވެރިޔާ ބާފިލް ތާލަބާނީއާއެކު ބުދަ ދުވަހު ތެހެރާންގައި ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ.

އީރާނުގެ ރައީސް ވިދާޅުވީ އީރާނާއި ކުރުދިސްތާން ސަރަހައްދާ ދެމެދު އޮތް ގުޅުމަކީ ޖިއޮގްރަފީގެ ގޮތުން ކައިރިވުމާއި، ތާރީޚީ، ނަސްލީ އަދި ސަގާފީ ގުޅުންތަކުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށެވެ.

ރައީސް ޕަޒެޝްކިއަން ވަނީ ސަރަހައްދީ އެއްބާރުލުން އިތުރުކުރުމަށް ގޮވާލައްވާފައެވެ. އަދި ގައުމުތަކުގެ މެދުގައި ފުން އަދި ގަދީމީ ގުޅުންތަކެއްވާ ކަން ފާހަގަކުރައްވައި، މިއެކުވެރިކަން ބޭނުންކުރަންވީ އެއްބާރުލުމާއި، ހަމަޖެހުމާއި އަދި ތަރައްގީ ކުރިއެރުވުމަށް ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ސަރަހައްދުގައި ބައިބައިވުމާއި ހަނގުރާމަ އުފެއްދުމަށް ބޭރުގެ ފަރާތްތަކުން ކުރާ މަސައްކަތްތަކަށް ހައްލު ހޯދަންޖެހޭނީ އިތުރު އެއްބާރުލުމާއި މަޝްވަރާގެ ތެރެއިން ކަމަށް ރައީސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އަވަށްޓެރި ގައުމުތަކާއެކު ހުރި މައްސަލަތައް ފަހުމްވުމާއި އިހުތިރާމާއެކު ހައްލުކުރުމަށް އީރާން ތައްޔާރަށް އޮތްއިރު، ހުރިހާ ފަރާތްތަކުންވެސް ރަނގަޅު އަވަށްޓެރިކަމުގެ އުސޫލުތަކަށް ހުރުމަތްތެރިކޮށް ހިތުމަށާއި، އަމިއްލަ އެދުމާއި، ނުބައި އުޅުންތަކުން ދުރުހެލިވުމަށް އެދޭ ކަމަށެވެ.

އެންމެހާ މުސްލިމުންނަކީ އަޚުންގެ ގޮތުގައި ދެކޭކަމަށާއި، ސަރަހައްދީ މައްސަލަތައް ހައްލުކުރެވޭނީ އެއްބާރުލުމާއި، މަޝްވަރާއާއި، އިންސާފާއި އަދި އަދުލުވެރިކަމުގެ ތެރެއިން ކަމަށް ރައީސް ޕަޒެޝްކިއަން ވިދާޅުވިއެވެ. އަދި އަގުވަޒަންކުރުމާއި އިހުތިރާމްކުރުމަކީ ސުލްހައާއި، ތަރައްގީއާއި، ކުރިއެރުމާއި އަދި އެކުވެރިކަން ބޮޑު ސަރަހައްދެއް ބިނާކުރުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

އޭނާ ވަނީ އީރާނާއި ކުރުދިސްތާން ސަރަހައްދާ ދެމެދު ދަތުރުފަތުރުކުރުމާއި، މުއާމަލާތްކުރުމާއި އަދި ދެގައުމަށް ފައިދާހުރި ކަންކަން ހިއްސާ ކުރުން އިތުރުކުރުމަށް ގޮވާލައްވާފައެވެ. އަދި އިންވެސްޓްމަންޓް، ސައިންސާއި އެކަޑެމިކް، ސިޔާސީ، އިގްތިސާދީ އަދި ސަގާފީ ދާއިރާތަކުން އެއްބާރުލުން ދިނުމުގެ ފުރުސަތު އެބައޮތްކަމަށް ވެސް ވިދާޅުވިއެވެ.

ތާލަބާނީގެ ވާހަކަފުޅުގައި، އީރާނަކީ އިރާގުގެ ކުރުދިސްތާން ސަރަހައްދުގެ މުހިންމު ރަހުމަތްތެރިއެއް އަދި ބައިވެރިއެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. އަދި އޭނާގެ ޕާޓީން އީރާނާއި ކުރުދިސްތާން ސަރަހައްދާ ދެމެދު އޮތް ދެފަރާތުގެ އެއްބާރުލުން ފުޅާކުރުމަށް ތާއީދުކުރާ ކަމަށް ވިދާޅުވިއެވެ.

Related News