ދިވެހި|English Sep 18, 2026 · 13:18
Top banner
Advertisement
އައިއޭއީއޭ ގެ ބޯޑް އޮފް ގަވަރނަރސްއަށް އެމެރިކާ އިންތިޚާބު ކުރުން އީރާނުން ބަލައެއްނުގަތް
World

އައިއޭއީއޭ ގެ ބޯޑް އޮފް ގަވަރނަރސްއަށް އެމެރިކާ އިންތިޚާބު ކުރުން އީރާނުން ބަލައެއްނުގަތް

ޟޟަމްރަތު އަހްމަދުSep 17, 2026

ލަންޑަން، އައިއާރުއެންއޭ — އިންޓަރނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީ (އައިއޭއީއޭ) ގެ ބޯޑް އޮފް ގަވަރނަރސްއަށް އެމެރިކާ އިންތިޚާބު ކުރުމަކީ އޭޖެންސީގެ ޤާނޫނާއި، އޭގެ އަސާސްތަކާއި، ރޫހާ މުޅިން ޚިލާފު ކަމެއް ކަމަށް ބުނެ އީރާނުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް ދެކޮޅުހަދައިފިއެވެ.

ހަތްދިހަ ވަނަ އައިއޭއީއޭ ޖެނެރަލް ކޮންފަރެންސްގެ "ބޯޑް އޮފް ގަވަރނަރސްއަށް މެންބަރުން އިންތިޚާބުކުރުން" އެޖެންޑާގެ ދަށުން އީރާނުގެ ވަފުދުން ނެރުނު ބަޔާނެއްގައިވާ ގޮތުން، އެ ބޯޑަށް އެމެރިކާ ހަމަޖެއްސުމަކީ ބޮޑު ތަޢާރުޟެއް އުފެދޭނެ ކަމެކެވެ.

"މީގެ ސަބަބުން މަޞްލަޙަތު ފުށުއެރުންތަކެއް އުފެދި، ބޯޑުގެ މިނިވަންކަމަށް އަސަރުކޮށް، ބޯޑުން ނިންމާ ނިންމުންތަކާމެދު ޝައްކު އުފެދި، އޭޖެންސީއަށް އޮތް އިތުބާރު އިތުރަށް ގެއްލިގެންދާނެ،" އެ ބަޔާނުގައި ވެއެވެ.

ޤާނޫނީ ގޮތުން ބަލާއިރު، އެޓޮމިކް އެނަރޖީގެ ޓެކްނޮލޮޖީގައި ކުރިއަރާފައިވާ މިންވަރަށް އެކަނި ބަލައި، އެއްވެސް ޤައުމެއް ބޯޑުގެ މެންބަރުކަމަށް ކަނޑައެއްނޭޅޭނެއެވެ. ބޯޑުގެ މެންބަރުކަމަށް ޝަރުތުހަމަވުން އެއީ ހަމައެކަނި ޓެކްނޮލޮޖީގެ ބާރުވެރިކަމަށް ބަލައިގެން ކަނޑައަޅާ ކަމަކަށް ވެގެންނުވާނޭ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

ހުސްވި އަހަރާއި މި އަހަރު އެމެރިކާއިން ވަނީ އީރާނާ ދެކޮޅަށް ބޮޑެތި ޢުދްވާންތަކެއް ހިންގާފައެވެ. މިއީ އދ. ގެ އެންމެ އަސާސީ އެއް އުޞޫލު ކަމަށްވާ ބާރުގެ ބޭނުންކުރުން މަނާކުރުމުގެ އުޞޫލާ ޚިލާފުވުމެއް ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، އެމެރިކާއިން އިސްރާއީލާ އެއްބައިވެގެން އީރާނުގެ ސުލްޙަވެރި، ނިއުކްލިއަރ ވަސީލަތްތަކަށް 18 ފަހަރެއްގެ މަތިން ޙަމަލާދީފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

"މި ކޮންފަރެންސްގެ ޤަރާރުތަކަށް ބަލާއިރު، އެ ޣައިރުޤާނޫނީ ޙަމަލާތަކަކީ އދ. ގެ އުޞޫލުތަކާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި، އޭޖެންސީގެ ޤާނޫނާ ޚިލާފު ކަންކަމެވެ. އެފަދަ ޢަމަލުތަކަކީ ނިއުކްލިއަރ އެނަރޖީ ސުލްޙަވެރިކަމާއެކު ބޭނުންކުރުން އިޝްތިހާރުކުރުމުގެ އުޞޫލާ ސަރީޙަކޮށް ޚިލާފުވާ ކަންކަމެވެ."

"އެހެންކަމުން، އެބޯޑަށް އެމެރިކާ ކަނޑައެޅުން އިސްލާމީ ޖުމްހޫރިއްޔާ އީރާނުން ޤަބޫލެއް ނުކުރެއެވެ. އަދި މި ނިންމުމުން ވަކިވެގަންނަމެވެ،" ބަޔާނުގައިވެއެވެ.

 

Related News