ދިވެހި|English Sep 18, 2026 · 13:18
Top banner
Advertisement
އީރާނާ ދެކޮޅަށް އެމެރިކާއިން ހުށަހެޅި ގަރާރު ރަޝިޔާއާއި ޗައިނާއިން ވީޓޯކޮށްފި
World

އީރާނާ ދެކޮޅަށް އެމެރިކާއިން ހުށަހެޅި ގަރާރު ރަޝިޔާއާއި ޗައިނާއިން ވީޓޯކޮށްފި

ޟޟަމްރަތު އަހްމަދުSep 17, 2026

އދ. ގެ ސެކިއުރިޓީ ކައުންސިލުގެ 1737 ކޮމިޓީގެ ޕެނަލް އޮފް އެކްސްޕާޓްސްގެ ދައުރު އިތުރުކުރުމަށް އެމެރިކާއިން އިރާނާ ދެކޮޅަށް ހުށަހެޅި ގަރާރު ރަޝިޔާއާއި ޗައިނާއިން ވީޓޯކޮށްފި ކަމަށް އައިއާރްއެންއޭ އިން ބުނެފިއެވެ.

މި ގަރާރާ ދެކޮޅަށް ރަޝިޔާއާއި ޗައިނާއިން ވޯޓު ދިންއިރު، ސޯމާލިއާއާއި ޕާކިސްތާނުން ވަކިކޮޅަކަށް ވޯޓު ނުދެއެވެ. ކައުންސިލުގެ ބާކީ 11 މެންބަރުން ވޯޓު ދިނީ އެމެރިކާގެ ގަރާރާ އެއްކޮޅަށެވެ.

އދ. ގެ ސެކިއުރިޓީ ކައުންސިލުން ގަރާރެއް ފާސްކުރުމަށްޓަކައި 15 މެންބަރުންގެ ތެރެއިން މަދުވެގެން 9 މެންބަރުންގެ ތާއީދު ބޭނުންވެއެވެ. އަދި ދާއިމީ އެއްވެސް މެންބަރަކު ވީޓޯ ނުކުރުމަކީ ޝަރުތެކެވެ. އެމެރިކާގެ ގަރާރާ އެއްކޮޅަށް އެގާރަ ވޯޓު ލިބުނު ނަމަވެސް، ރަޝިޔާއާއި ޗައިނާއިން ވީޓޯ ކުރުމާ ގުޅިގެން އެ ގަރާރު ފާސްވެފައެއް ނުވެއެވެ.

Related News