ދިވެހި|English Sep 21, 2026 · 12:25
Top banner
Advertisement
މުޖުތަމަޢުގެ ލޯތްބާއި އިޙްތިރާމް ހޯއްދަވައިފައިވާ ޚިދުމަތްތެރިޔާ ޑރ. މުޙައްމަދު ޢަލީ އަވަހާރަ ވެއްޖެއަލްމަރުޙޫމް ޑރ. މުޙައްމަދު ޢަލީ
News

މުޖުތަމަޢުގެ ލޯތްބާއި އިޙްތިރާމް ހޯއްދަވައިފައިވާ ޚިދުމަތްތެރިޔާ ޑރ. މުޙައްމަދު ޢަލީ އަވަހާރަ ވެއްޖެ

މމުހައްމަދު އަލީSep 21, 2026

މުޖުތަމަޢުގެ ލޯތްބައި އިޙްތިރާމް ހޯއްދަވައިފައިވާ ޚިދުމަތްތެރިޔާ ޑރ. މުޙައްމަދު ޢަލީ އަވަހާރަ ވެއްޖެއެވެ. އެ މަނިކުފާނު އަވަހަރަވީ އާލާސްކަންފުޅާ އުޅުއްވާތީ އައިޖީއެމްއެޗުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އިއްޔެގެ ވަގުތެއްގައެވެ. އެމަނިކުފާނުގެ ޖަނާޒާ ރޭ ވަނީ ބާއްވައިފައެވެ.

އަވަހާރަވި އިރު ޢުމުރުފުޅަކީ 67 އަހަރެވެ. އެމަނިކުފާނަކީ އޮސްޓްރޭލިއާއިން ތިމާވެށީގެ ދާއިރާއިން ޕީއެޗުޑީ ޙާސިލް ކުރައްވާފައިވާ ޢިލްމީ ބޭފުޅެކެވެ. އެމަނިކުފާނުގެ ޚިދުމަތް އެންމެބޮޑަށް ފާހަގަވެގެން ގޮސްފައިވަނީ ވެސް ތިމާވެށީގެ ދާއިރާއިންނެވެ. ރާއްޖޭގެ ތިމާވެށްޓަށް ބާރަ އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކޮށްދެއްވައިފައިވެއެވެ. އަދި ސަރުކާރަށް ފަންސަވީސް އަހަރަށްވުރެ ގިނަދުވަހު ޚިދުމަތްކޮށްދެއްވިއެވެ.

އެމަނިކުފާނު ފާހަގަވެފައިވަނީ އެންމެނާ ގުޅޭ އަދި މީހުންގެ ލޯތްބާއި އިޙްތިރާމް ހޯއްދަވައިފައިވާ ބޭފުޅެއްގެ ގޮތުގައެވެ.

ޑރ. މުޙައްމަދު ޢަލީ ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައެވެ.

ޑރ މުޙައްމަދު ޢަލީ އަވަހާރަވުމުގެ ހިތާމައިގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ "މަރްޙޫމް ޑރ މުޙައްމަދު ޢަލީއަކީ އިޖްތިމާޢީ އެކި ކަންކަމުގައި ވަކިން ޚާއްޞަކޮށް އިސްލާމީ ހޭލުންތެރިކަމާއި ތިމާވެށީގެ އެކި ދާއިރާތަކުން މުޖްތަމަޢަށް ގިނަގުނަ މަޢުލޫމާތުތަކެއް ފޯރުކޮށްދެއްވައި، ޢިލްމީ ދިރާސާތައް ކުރެއްވި، ޚުލްޤު ހެޔޮ، ދީންވެރި ނަމޫނާ ޝަޚްޞިއްޔަތެއް،" ކަމަށެވެ. އެމަނިކުފާނަކީ އެންމެންގެ ލޯތްބާއި އިޙްތިރާމް ހޯއްދެވި ޤަދަރުވެރި ބޭފުޅެއް ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

"މަރްޙޫމްގެ ޢާއިލާއަށާއި އެކުގައި މަސައްކަތްކުރެއްވި ހުރިހާ ބޭފުޅުންނަށް ނުހަނު އިޚުލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވަން. މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް ޑރ މުޙައްމަދު ޢަލީ ލެހެއްޓެވުން އެދި ދުޢާކުރަން،"

Related News