އެމްޑީޕީ ކޮންގްރެސް އިން ފާސްކޮށްފައިވާ ބޮޑުބަދަލަށް ތާއިދުކޮށް ބޮޑު ބަދަލު ޓީމަށް 16 ކެންޑިޑޭޓުން ހަމަކުރުމަށްޓަކައި އެހެންބޭފުޅަކަށް ފުރުސަތު ފަހިކޮށްދިނުގެ ގޮތުން އެމްޑީޕީ ގައުމީ މަޖިލިސް އިންތިހާބުގައި މާލޭގެ މެންބަރުކަމަށް ވާދަ ނުކުރަން ކުރީގެ ސްޓޭޓު މިނިސްޓަރ އަކްރަމް ކަމާލުއްދީން ނިންމަވައިފިއެވެ.
"އެމްޑީޕީ ގައުމީ މަޖިލިސް އިންތިހާބުގައި މާލޭގެ މެންބަރުކަމަށް ވާދަ ނުކުރަން ނިންމައި އަޅުގަނޑުގެ ކެންޑިޑެސީ އަނބުރާ ގެނެސްފީމެވެ. މިގޮތަށް އަޅުގަނޑު ނިންމީ އެމްޑީޕީ ކޮންގްރެސް އިން ފާސްކޮށްފައިވާ ބޮޑުބަދަލަށް ތާއިދުކޮށް ބޮޑު ބަދަލު ޓީމަށް 16 ކެނޑިޑޭޓުން ހަމަކުރުމަށްޓަކައި އެހެންބޭފުޅަކަށް ފުރުސަތު ފަހިކޮށްދިނުމަށްޓަކައެވެ."
އަކްރަމް އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ މާލެ ދާއިރާގެ ގައުމީ މަޖިލިސް މެންބަރުކަމަށް ވާދަކުރުމަށް އޭނާއަށް ތާއިދު ކުރެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ. އޭގެ އިތުރުން އޭނާއަށް ވޯޓުދެއްވާނެ ކަމަށް ވިދާޅުވި އެންމެހާ ފަރާތްތަކަށް ވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށް ވަނީ ވިދާޅުވެފައެވެ.





