ދިވެހި|English Sep 24, 2026 · 14:58
Top banner
Advertisement
އެމެރިކާއިން އީރާނާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ޗައިނާއިން ދެކޮޅުހަދައިފި
World

އެމެރިކާއިން އީރާނާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ޗައިނާއިން ދެކޮޅުހަދައިފި

މމުހައްމަދު އަލީSep 24, 2026

އޭނާ މިހެން ވިދާޅުވީ ބުދަ ދުވަހުން ފެށިގެން އިރާނުގެ ވިޔަފާރި އުދުހުންތަކަށް ޖާގަދޭ ޤައުމުތަކަށް ފިޔަވަޅު އަޅާނެކަމަށް އެމެރިކާއިން ދިން އިންޒާރަށްފަހު ނޫސްވެރިންގެ ސުވާލު ތަކަށް ޖަވާބު ދެއްވަމުންނެވެ. "ޗައިނާގެ ސިޔާސަތު އޮތީ ބަދަލެއްނުވެ، ކުރިންވެސް އޮތްގޮތަށް" ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، "ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ އެއްވެސް އަސާސެއް ނެތް އަދި އދ. ގެ ސެކިއުރިޓީ ކައުންސިލުން ހުއްދަދީފައިނުވާ ޣައިރުޤާނޫނީ ދަތިކުރުމުގެ ފިޔަވަޅުތަކާ އަޅުގަނޑުމެން ސާބިތުކަމާއެކު ދެކޮޅުހަދަން،"

އަންގާރަ ދުވަހުވެސް ޖިއާކުން ވަނީ އިރާނުގެ އޭވިއޭޝަން ސިނާއަތާ ދެކޮޅަށް ވޮޝިންގޓަނުން އަޅާފައިވާ ފިޔަވަޅުތަކަކީ ޣައިރުޤާނޫނީ ފިޔަވަޅުތަކެއްގެ ގޮތުގައި ސިފަކުރައްވައި، އިރާނުގެ އެއާލައިންތަކާ ދެކޮޅަށް އަޅާ އެފަދަ ފިޔަވަޅުތަކަށް ޗައިނާއިން ދެކޮޅުހަދާކަން ފާހަގަކުރައްވާފައެވެ.

 

Related News