ދިވެހި|English Sep 24, 2026 · 16:02
Top banner
Advertisement
މީރާގައި ރަޖިސްޓްރީވުމަށް ބޭރުގެ ޓުއާރ އޮޕަރޭޓަރުންނަށް މަޖުބޫރުކުރުމަކީ ފަތުރުވެރިކަމަށް ގެއްލުން ލިބޭނޭ ކަމެއް: އެމްޑީޕީ
News

މީރާގައި ރަޖިސްޓްރީވުމަށް ބޭރުގެ ޓުއާރ އޮޕަރޭޓަރުންނަށް މަޖުބޫރުކުރުމަކީ ފަތުރުވެރިކަމަށް ގެއްލުން ލިބޭނޭ ކަމެއް: އެމްޑީޕީ

މމުހައްމަދު އަލީSep 24, 2026

އެޕާޓީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މީރާގައި ރަޖިސްޓްރީވުމަށް ބޭރުގެ ޓުއަރ އޮޕަރޭޓަރުންނަށް ލާޒިމް ކުރާ ގާނޫނުގެ ސަބަބުން، ޓުއަރ އޮޕަރޭޓަރުންނަށް ނިސްބަތުން ބޮޑު ރެގިއުލޭޓަރީ ބުރަތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. މިއީ ބައިނަލްއަގްވާމީ ޓެކްސް އުސޫލުތަކައި ޚިލާފަށް ބޭރުގެ ޓުއަރ އޮޕަރޭޓަރުންނަށް ވާޖިބުތަކެއް ކުރިމަތިކުރާ ޝަރުތެއް ކަމަށް ވެސް ބުނެފައިވެއެވެ. މި ޝަރުތުގެ ސަބަބުން، ރާއްޖޭގެ ސަރަހައްދު ހުރަސްކޮށް ފަތުރުވެރިކަމުގެ ސަޕްލައި ކުރިއެރުމަށް ނުރައްކާވާނޭ ކަމަށް ވެސް އެމްޑީޕީން ބުނެފައިވެއެވެ. އޭގެ އިތުރުން ރާއްޖެއަށް ޓޫރިސްޓުން އައުން ވެސް މަދުވެދާނޭ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

"ރާއްޖެއަށް ޓޫރިސްޓުން ފޮނުވާ ކިތަންމެ ބޭރުގެ އޮޕަރޭޓަރުންގެ ދާއިމީ އޮފީހެއް ރާއްޖޭގައި ޤާއިމުކޮށްފައެއް ނުހުރެއެވެ. އެމީހުން ރާއްޖޭގެ ޗުއްޓީ ވިއްކަނީ ރާއްޖެއިން ބޭރުގައެވެ. އޯގަނައިޒޭޝަން ފޮރ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް (އޯ.އީ.ސީ.ޑީ)ގެ އުސޫލުތަކާއި އަދި އެހެންވެސް ބައިނަލްއަގްވާމީ ޓެކްސް އުސޫލުތަކުގެ ދަށުން ކޮންސަމްޝަން ޓެކްސް ނެގޭނީ އެ މުދަލެއް ނުވަތަ ހިދުމަތެއް ބޭނުން ކުރާތަނެއްގައެވެ. ބޭރުގެ އޮޕަރޭޓަރުން ދެކެނީ ރާއްޖެއިން އިން ޓެކްސް ގާނޫނަށް އަމަލު ކުރަމުންދަނީ ރާއްޖޭގެ އިހްތިސާސްގެ ބާރުގެ ބޭރުން ކަމަށެވެ."

"މީރާގެ ގަވާއިދުގެ ދަށުން ބޭރުގެ އޮޕަރޭޓަރުންނަށް ޓެކްސް އޭޖެންޓުންގެ ގޮތުގައި މަސައްކަތް ކުރުމަށް މަޖުބޫރުވެއެވެ. މަހުން މަހަށް ރިޓާން ހުށަހަޅަން ޖެހި، ލޯކަލް ރެޕްރެޒެންޓޭޓިވްސް އައްޔަން ކުރަން ޖެހެ އެވެ. މި ވާޖިބަކީ ބެލެނިވެރި ޖީއެސްޓީ ގާނޫނުގެ ދާއިރާއަށް ވުރެ ބޮޑު ވާޖިބެކެވެ. ލޯކަލް ޕްރެޒެންސް ނެތް ފަރާތްތަކަށް ނިސްބަތުން ބޮޑު ކޮމްޕްލައިންސް ބުރަތަކެއް ކުރިމަތި ކޮށްފައިވާ  ވާޖިބެކެވެ."

މީގެ އިތުރުން އެބަޔާނުގައި ބުނެފައިވަނީ މިކަމުގެ ސަބަބުން ލޯކަލް އެސްޓަބްލިޝްމަންޓެއް ނެތި ބޯޑަރު ހުރަސްކޮށް ޚިދުމަތް ފޯރުކޮށްދިނުމުގެ މިނިވަންކަން ކަށަވަރުކޮށްދޭ ޖެނެރަލް އެގްރީމަންޓް އޮން ޓްރޭޑް އިން ސާވިސަސް (ޖޭއޭޓީއެސް) ގެ އުސޫލުތަކާ ވެސް ޚިލާފު ވެވޭ ކަމަށެވެ. މީރާގައި ރަޖިސްޓްރީވުމަށް ބޭރުގެ ޓުއަރ އޮޕަރޭޓަރުންނަށް ޝަރުތު ކުރުމަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ އުސޫލުތަކާ އެއްގޮތް ނުވާ ވިޔަފާރީގެ ހުރަހެއް ކަމަށް ވެސް ވަނީ ބުނެފައެވެ. ބޭރުގެ އޮޕަރޭޓަރުން ޔޫރަޕިއަން ކޮމިޝަނާއި އެހެންވެސް އެމީހުންގެ ސަރުކާރުތަކަށް ލޮބީކޮށްގެން ޑަބްލިއު.ޓީ.އޯގެ ފޯރަމްތަކުގައި މި މައްސަލަ އުފުލުން ގާތް ކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފައެވެ.

"ރާއްޖެއިން ނިސްބަތުން ބޮޑު ވާޖިބުތަކެއް ލާޒިމު ކުރަމުންދާނަމަ، ބޭރުގެ އޮޕަރޭޓަރުންނަށް އެމީހުންގެ ރަށު ސަރުކާރުތަކާއި ފައިނޭންޝަލް ރެގިއުލޭޓަރުން ލޮބީކޮށް، ރާއްޖެއަށް ސްވިފްޓް ނިޒާމަށް ވަނުން ހަނިކުރުމަށް ނުވަތަ ސަސްޕެންޑް ކުރެވިދާނެ އެވެ. މި ފިޔަވަޅު ބަލައިގަނެދާނެ ސަބަބަކީ ވިޔަފާރީގެ ގޮތުން ނާއިންސާފު އަމަލަކަށް ވެފައި، އަދި ރާއްޖެ އަށް ޓޫރިސްޓުން ފޮނުވާ ޤައުމު ތަކާއި ރާއްޖެއާއި އެކު، އެއްބަޔަކު އަނެއްބަޔަކަށް އިދާރީ އެހީތެރިކަމުގެ މުއާހަދާތަކެއް ނެތުމުންނެވެ. ސްވިފްޓް ނިޒާމް ރާއްޖެއަށް ބޭނުން ނުކުރެވެނީ ނަމަ ދިވެހި ރާއްޖޭގެ އިޤްތިސޯދު މުޅިން އެކަށް ބަގުރޫޓް ވާނެއެވެ."

އެމްޑީޕީން ބުނެފައިވަނީ ގާނޫނީ އަދި މާލީ ޙުއްޖަތްތަކުގެ އިތުރުން ބޭރުގެ އޮޕަރޭޓަރުން ވެސް މި ގަވާއިދުގެ ފަހަތުގައިވާ ފިކުރީ މޮޓިވޭޝަންތަކަށް އަލިއަޅުވާލާ ކަމަށެވެ. ރާއްޖޭގައި މިހާރު މިއޮތް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުންވަނީ މެއިންސްޓްރީމް ޓޫރިޒަމަކީ ޙަރާމް ކަމެއްގެ ގޮތުގައި ފާހަގަ ކޮށްފައި ކަމަށް ވެސް އެބަޔާނުގައި ވަނީ ބުނެފައެވެ. ފާއިތުވި އަހަރުތަކުގައި އޮފިޝަލުން ވަނީ "ހަލާލް ޓޫރިޒަމް" ތަރައްގީކުރުމާ ބެހޭ ގޮތުން ފާޅުގައި ވާހަކަ ދައްކައި، މި އެޖެންޑާ ދައްކުވައިދޭ ސިޔާސަތުތައް ތައާރަފްކޮށްފައި ކަމަށް ވެސް ވަނީ ބުނެފައެވެ. "އެހެންކަމުން ބޭރުގެ ޓުއަރ އޮޕަރޭޓަރުން ކޮންމެހެން ރަޖިސްޓްރީ ކުރަން ޖެހޭ ޝަރުތު މާނަކުރެވޭނީ ހަމައެކަނި ބޭރު ފައިސާ ހޯދުމުގެ ނިޒާމެއްގެ ގޮތުގައި ނޫނެވެ. މިހާރު އޮތް ފަތުރުވެރިކަމުގެ ސިނާއަތަށް ބުރޫއަރުވައި، ފިކުރީ ރޮނގުތަކުން ފަތުރު ވެރިކަމުގެ ސިނާއަތު އަލުން ބައްޓަން ކުރުމަށް ގަސްތުގައި ކުރާ މަސައްކަތެއްގެ ގޮތުގައެވެ. ޔޫރަޕްގެ ވެރިރަށްތަކުގައި ބޭރުގެ އޮޕަރޭޓަރުން ވަކާލާތުކުރުމުގައި ފާހަގަކުރަނީ މި ގަވާއިދަކީ ނިއުޓްރަލް މާލީ ފިޔަވަޅެއް ނޫން ކަމަށާއި އެއީ ރާއްޖޭގެ ސަގާފީ ފަތުރުވެރިކަމުގެ މޮޑެލްބަދަލުކޮށް، އަދި ބައިނަލްއަގްވާމީ އޮޕަރޭޓަރުންނާއި ކޮންސިއުމަރުންގެ މަސްލަހަތަށް ނުރައްކާވާ ފުޅާ ސިޔާސީ މަޝްރޫއެއްގެ ބައެއް ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

 

Related News