ދިވެހި|English Sep 24, 2026 · 16:07
Top banner
Advertisement
މަސްތުވާތަކެއްޗާއެކު ފުވައްމުލައް އެއަރޕޯޓުން އެރަށު މީހަކު ހައްޔަރު ކޮށްފި
News

މަސްތުވާތަކެއްޗާއެކު ފުވައްމުލައް އެއަރޕޯޓުން އެރަށު މީހަކު ހައްޔަރު ކޮށްފި

މމުހައްމަދު އަލީSep 24, 2026

 އޭނާ މަސައްކަތް ކޮށްފައިވަނ ވައިގެމަގުން ފުވައްމުލައް ސިޓީއަށް މަސްތުވާތަކެތި އެތެރެކުރަން ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އޭނާ އަތުލައިގަތީ މި މަހުގެ 20 ވަނަ ދުވަހު ފުވައްމުލައް ސިޓީ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަނުގައި، އެއާޕޯޓު ތެރެއިން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ކޮތަޅުތަކެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. "މި ތަކެތީގެ ވަގުތީ ބަރުދަނަކީ 68 ގުރާމެވެ."

 މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 20 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

 

Related News