ދިވެހި|English Sep 24, 2026 · 20:50
Top banner
Advertisement
މަސްތުވާ ތަކެއްޗާއެކު ނައިފަރާއި އޮޅުވެލިފުށީން ތިން މީހަކު ހައްޔަރު ކޮށްފި
News

މަސްތުވާ ތަކެއްޗާއެކު ނައިފަރާއި އޮޅުވެލިފުށީން ތިން މީހަކު ހައްޔަރު ކޮށްފި

މމުހައްމަދު އަލީSep 24, 2026

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ޅ. ނައިފަރު، ހިތްވަރު، އަނަސް އަބްދުﷲ އާއި، އޮޅުވެލިފުށި، ކޮތަރިވިލާ، މުޙައްމަދު މިފްޒާލާއި، އެރަށު ޑައިމްވިލާ، އަޙްމަދު އާދިލެވެ. މި ދެ އޮޕަރޭޝަން ވެސް ހިންގާފައިވަނީ މި މަހު 23 ވަނަ ދުވަހުއެވެ. މި ދެ އޮޕަރޭޝަންގެ ތެރެއިން އަނަސް ޢަބްދުﷲ އާއި މުޙައްމަދު މިފްޒާލް ހައްޔަރުކޮށްފައި އޮޅުވެލިފުށި ޕޮލިހާއި، ކުރެންދޫ ޕޮލިހާއި، ނައިފަރު ޕޮލިހާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައެވެ. ކޯޓު އަމުރެއްގެ ދަށުން މި ދެ މީހުން ހައްޔަރުކޮށް، އެ މީހުން ދިރިއުޅޭ ކޮޓަރި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ސެލޯފިންކޮޅާއި 43 ކަރުދާސްކޮޅު ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 3.93 ގުރާމް ހުރި ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. 

ދެވަނަ އޮޕަރޭޝަނަކީ ނައިފަރުގައި މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ނައިފަރު ޕޮލިހުން ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގައި އަޙްމަދު އާދިލް ހައްޔަރުކުރީ ނައިފަރުންނެވެ. އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 10.79 ގުރާމް ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

 މި މައްސަލައާ ގުޅިގެން އެ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަނަސް ޢަބްދުﷲ އާއި މުޙައްމަދު މިފްޒާލް އަށް ދުވަހަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމަރުކޮށްފައެވެ. އަޙްމަދު އާދިލް ބަންދުގައި ބަހައްޓަން ދީފައިވަނީ ފަސް ދުވަސް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. މި މައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް މައުލޫމާތު ދެއްވިއެވެ.

Related News