ދިވެހި|English Sep 24, 2026 · 21:41
Top banner
Advertisement
ފަސް ސަތޭކަ މީހުންގެ ޖާގައިގެ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގެ ބިންގާ އަޅައިފިޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގެ ބިންގާ އެޅުން/ފޮޓޯ ހޯމްމިނިސްޓްރީ
News

ފަސް ސަތޭކަ މީހުންގެ ޖާގައިގެ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގެ ބިންގާ އަޅައިފި

މމުހައްމަދު އަލީSep 24, 2026

އެރަށުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި މިސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ހޯމް މިނިސްޓަރ އަލީ އިހްސާނާއި، އޭންޑީއޭ ބޯޑުގެ ޗެއަރޕާސަން އަދި ހޯމް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރ އަޙުމަދު ޞިއްދީގާއި އެންކޯ ހޯލްޑިން ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޝާހީން އާދަމާއި، ހުރާ ދާއިރާގެ މަޖިލިސް މެންބަރު އަނާރާ ނަޢީމެވެ.

އެންކޯ ހޯލްޑިން ޕްރައިވެޓް ލިމިޓެޑުން މި މަޝްރޫއަށް ފަސް މިލިއަން ޑޮލަރު ޚަރަދު ކުރެއެވެ.  މި މަރުކަޒު ބިނާކޮށް ތަރައްގީ ކުރަނީ ފަންސާސް އަހަރަށް ޚިދުމަތް ދެވޭގޮތަށް ޑިޒައިން ކޮށްގެން ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. މަސްތުވާ ތަކެތީން ދުރުވާން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ހުރިހާ ޚިދުމަތެއް މިސެންޓަރުން ލިބެން ހުންނާނޭ ކަމަށް ވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން ހިންމަފުށީގެ ރައްޔިތުންނަށް ސިއްޙީ ޚިދުމަތް ލިބޭގޮތަށް ހެލްތު ފެސިލިޓީއެއްވެސް މިތަނުގައި ތަރައްގީ ކުރާނެއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އިހްސާން ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެތި ފެތުރިފައިވާ މިންވަރާ އަޅާ ބަލާއިރު ފަރުވާދެވޭ މީހުންގެ އަދަދު ވަރަށް މަދު ކަމަށެވެ. އެހެންކަމުން ރާއްޖޭގައި މަސްތުވާތަކެތީގެ ވަބާ ހުއްޓުވަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑަށް އިސްކަން ދެއްވާ ކަމަށް ވިދާޅުވިއެވެ.

Related News