ދ. އަތޮޅު ރިސޯޓެއްގައި މުދަށް އެރި އުޅުނު ދެ ފަތުރުވެރިޔަކު ޚަބަރު ހުސްވެފައި ތިއްބައި ފެނިއްޖެއެވެ. ފުލުހުން ވިދާޅުވީ އެމީހުން މޫދުގައި ތިއްބާ ފެނިގެން ދ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.
އެ ދެމީހުން ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނެއް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.





