ދިވެހި|English Oct 7, 2026 · 15:23
Top banner
Advertisement
"100 ސީޓީއެފްޕީ" އަށް ތާއީދު ކުރި ފުރަތަމަ މިނިސްޓަރަކަށް ޢަބްދުﷲ ރާފިއު!
News

"100 ސީޓީއެފްޕީ" އަށް ތާއީދު ކުރި ފުރަތަމަ މިނިސްޓަރަކަށް ޢަބްދުﷲ ރާފިއު!

ހިރި ނިއުސްހިރި ނިއުސްOct 7, 2026

ބައިނަލްއަޤްވާމީ މައިދާނުގައި ވާދަކުރާ ދިވެހި ޕެރާ އެތުލީޓުންނަށް ހިތްވަރު ދިނުމުގެ ގޮތުން ކުރިއަށްގެންދާ "100 ސީޓީއެފްޕީ" (100 ސެލެބްރެޓީސް ޓޯކް ފޯ ޕެރާ އެތުލީޓްސް) ހަރަކާތަށް، ތާއީދު ކުރި ފުރަތަމަ މިނިސްޓަރަކަށް މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް، ޢަބްދުﷲ ރާފިޢު ވެވަޑައިގެންފި ކަމަށް އެމިނިސްޓްރީން ވިދާޅުވެއްޖެއެވެ.

"100 ސީޓީއެފްޕީ" ހަރަކާތަށް، ދިވެހިރާއްޖޭގެ ކުޅިވަރާ ބެހޭ ވުޒާރާއި އިންޑޮނޭޝިއާގެ ނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އެންއޯސީ) އިން ފުރިހަމަ ތާއީދު ދީފައިވާއިރު މި ހަރަކާތުގެ ދަށުން، ރާއްޖޭގެ ޕެރާ އެތުލީޓުންނަށް ހިތްވަރު ދިނުމުގެ ގޮތުން ލިލީމަގުގައި ހުންނަ ޔޫތު ހަބުގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ.

މި ރަސްމިއްޔާތުގައި، ދުނިޔޭގެ ކުޅިވަރުގެ ދާއިރާގެ މަޝްހޫރު ފަރާތްތަކާއި ބައިނަލްއަޤްވާމީ ޝަޚުޞިއްޔަތުތަކުގެ މެސެޖުތައް ހިމެނޭ "100 ސީޓީއެފްޕީ" ކާޑުތައް އެތުލީޓުންނާ ވަނީ ހަވާލުކޮށްފައެވެ. މި ކާޑުތައް ލިބިގަތް ދެ އެތުލީޓުންނަކީ ދިވެހި ޕެރާ އެތުލީޓުން ކަމަށްވާ ޢަބްދުއްރައްޒާޤު ޢަބްދުއްޞަމަދު އަދި ފާޠިމަތު އިބްރާހީމެވެ.

މި އިވެންޓުގައި މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް، ޢަބްދުﷲ ރާފިޢު އާއި، ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯގެ އިތުރުން މޯލްޑިވްސް ޕެރާލިމްޕިކް ކޮމިޓީގެ ރައީސާ ޢާއިޝަތު ނަޒްހަތު ބައިވެރިވެވަޑައިގެންނެވި ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

"100 ސީޓީއެފްޕީ" ގެ މައިގަނޑު މަޤްޞަދަކީ ޕެރާ އެތުލީޓުންގެ ހިތްވަރާއި އަޒުމާއި ކެރުން ބަލައިގަންނަ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންނާއި މި އެތުލީޓުންނާ ދެމެދު މާނަވީ އަދި ބަދަހި ގުޅުމެއް ޤާއިމުކޮށްދިނުން ކަމަށް ވެސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މިފަހަރުގެ އޭޝިއަން ގޭމްސްގައި ރާއްޖެއިން ވާދަކުރަނީ ޖުމްލަ ހަތް ކުޅިވަރެއްގައެވެ. އެއީ އެތުލެޓިކްސް، ބެޑްމިންޓަން، ބީޗް ވޮލީބޯޅަ، ޓޭބަލް ޓެނިސް، ސްވިމިން އަދި ޝޫޓިންގެ އިތުރުން ސާފިންގެވެ.

Related News