ދިވެހި|English Oct 8, 2026 · 12:00
Top banner
Advertisement
ރިޕޯޓް ބީ.ޓީ.އާރު އެކުލަވާލުމަށްޓަކައި ޓެކްނިކަލް ވޯކިންގ ގްރޫޕުގެ ބައްދަލުވުމެއް ބާއްވައިފި
Environment

ރިޕޯޓް ބީ.ޓީ.އާރު އެކުލަވާލުމަށްޓަކައި ޓެކްނިކަލް ވޯކިންގ ގްރޫޕުގެ ބައްދަލުވުމެއް ބާއްވައިފި

ހިރި ނިއުސްހިރި ނިއުސްOct 8, 2026

ދިވެހިރާއްޖޭގެ ދެވަނަ ބައިއީނިއަލް ޓްރާންސްޕޭރެންސީ ރިޕޯޓް (ބީ.ޓީ.އާރް) އެކުލަވާލުމުގެ ތައްޔާރީތަކުގެ ތެރެއިން، ކްލައިމެޓް ޗޭންޖް މިޓިގޭޝަން ޓެކްނިކަލް ވޯކިންގ ގްރޫޕުގެ މުހިންމު ބައްދަލުވުމެއް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން ބާއްވައިފި ކަމަށް އެމިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މިއީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖެއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކާއި ޒިންމާތައް ފުރިހަމަކުރުމަށްޓަކައި އެކުލަވާލަންޖެހޭ ޤައުމީ ރިޕޯޓް ތައްޔާރުކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ބޭއްވި ބައްދަލުވުމެއް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. ޕެރިސް އެގްރީމަންޓްގެ ދަށުން އެކުލަވާލަންޖެހޭ މި ރިޕޯޓަކީ، ވިހަ ގޭސްތައް ބޭރުކުރާ މިންވަރު ދަށްކުރުމަށާއި މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ހާމަކުރުމަށް ތައްޔާރުކުރާ ރިޕޯޓެއް ކަމަށް ވެސް ވަނީ ހާމަކުރައްވައިފައެވެ.

މި ބައްދަލުވުމުގައި ކަމާބެހޭ އިދާރާތަކުގެ ޓެކްނިކަލް މާހިރުން ބައިވެރިވެވަޑައިގެންފައިވާއިރު، ރިޕޯޓަށް ބޭނުންވާ މަޢުލޫމާތުތައް އެއްކުރުމާއި، ގްރީންހައުސް ގޭސް ދޫކުރާ މިންވަރު ދެނެގަތުމުގެ އިތުރުން، މިޓިގޭޝަން ނުވަތަ ގެއްލުން ކުޑަކުރުމުގެ ދާއިރާއިން އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

މިނިސްޓްރީން ހާމަކުރި ގޮތުގައި މިފަދަ ޓެކްނިކަލް މަޝްވަރާތަކުގެ މައިގަނޑު ބޭނުމަކީ ރާއްޖެއިން އެކުލަވާލާ ދެވަނަ ބީ.ޓީ.އާރް ރިޕޯޓަކީ ސައްޙަ، ފުރިހަމަ އަދި އިތުބާރުހުރި މަޢުލޫމާތުތަކެއްގެ މައްޗަށް ބިނާވެފައިވާ ފެންވަރު ރަނގަޅު ރިޕޯޓަކަށް ހެދުމެވެ. މީގެއިތުރުން، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގައި ދެފުށް ފެންނަ ނިޒާމެއް ޤާއިމުކުރުމަކީ މި މަސައްކަތުގެ މުހިންމު ލަނޑުދަނޑިއެކެވެ.

Related News