ހައްޔަރުކުރި 4 މިހުންގެ ތެރޭގައި ރާއްޖޭގެ ފިލްމީދާއިރާގައި މަސައްކަތްކުރާ 3 މީހަކު ހިމެނޭ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެހެންނަމަވެސް އެއީ ކޮންބައެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ވިދާޅުވީ އެ 4 މީހުން ވެސް ބަލައި ފާސްކުރުމުގެ މަސައްކަތް މިހާރުދަނީ ކުރަމުން ކަމަށެވެ. އެމީހުން އަތުން އެއްޗެއް ފެނުނުކަން ނުވަތަ ނޫންކަން އަދި ފުލުހުން ވިދާޅެއް ނުވެއެވެ.
މިއީ މިހާރުވެސް ކުރިއަށްދާ އޮޕަރޭޝަނަކަށްވާތީ އިތުރު ތަފްސީލް ލިބެމުންދާ ވަރަކަށް ހާމަކުރަމުންދާނޭ ކަމަށް ފުލުހުންގެ މީޑިއާއިން ވަނީ ވިދާޅުވެފައެވެ.





