ދިވެހި|English Oct 8, 2026 · 16:40
Top banner
Advertisement
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މަގާމްތަކަށް ކުރިމަތިލާ މީހުންގެ އަތުން އެއްހާސް ރުފިޔާގެ ފީއެއް ނަގަނީ
News

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މަގާމްތަކަށް ކުރިމަތިލާ މީހުންގެ އަތުން އެއްހާސް ރުފިޔާގެ ފީއެއް ނަގަނީ

މމުހައްމަދު އަލީOct 8, 2026

އެމްޑީޕީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ "އިންތިޚާބު ކުރެވޭ މަގާމުތަކުގެ ތެރެއިން ޕާޓީގެ ގައުމީ މަޖިލީހުގައި އެކުލެވޭ މަގާމްތަކަށް ކުރިމަތިލުމަށް އެއްހާސް ރުފިޔާގެ އިދާރީ ފީއެއް ނަގާނެ،" ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފީއެއް ނަގާގޮތަށް ހަމަޖެއްސީ މިފަދަ އިންތިޚާބުތަކަކީ އިދާރީ ގޮތުން ބޮޑެތި ޚަރަދު ހިނގާ ކަމަކަސްވާތީ ވީހާ ވެސް ރަނގަޅަށް އިންތިޚާބުގެ ކަންކަން ހަމަޖެއްސުމަށެވެ.

އެމްޑީޕީގެ މަގާމްތަކަށް ކުރިމަތިލުމަށް އޮކްޓޯބަރު 10 އިން 25 ވަނީ ހުޅުވާލައިފައެވެ. އިންތިޚާބު ބާއްވާނީ ނޮވެމްބަރު މަހު 27 ގައެވެ. މިއިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހެޅޭނީ ޕާޓީގެ ރަސްމީ މޯބައިލް އެޕްލިކޭޝަން "ޔެލޯ" މެދުވެރިކޮށް ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

ކޮންމެ އަތޮޅެއް ނުވަތަ ސިޓީއަކުން އިންތިޚާބުކުރާ ގައުމީ މަޖިލިސް މަގާމުތަކުގެ ތެރެއިން އެއް މަގާމަކީ އަންހެނުންނަށް ޚާސަ މަގާމެއް ކަމަށްވެސް އެމްޑީޕީން ބުނެފައިވެއެވެ.

Related News