ދިވެހި|English Oct 12, 2026 · 13:06
Top banner
Advertisement
ބަނގުރާގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފި
News

ބަނގުރާގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފި

މމުހައްމަދު އަލީOct 12, 2026

އެ ދެމީހުން ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައެވެ. އެ މީހުން ހައްޔަރުކޮށް، ބަލައިފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500އެމްއެލްގެ 9 ފުޅި ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.  

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާ ދެމީހުން ކަމަށްވާ، ރަޖި ރަޖަ ކުމަރް (47އ) އާއި، ނަޑަން ވިންސެންޓްރަޖް ޕޮން (54އ) އެވެ. މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށް ފަހު އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅުއެޅުމަށް ދެމީހުން ވެސް މިހާރުވަނީ މޯިލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައި ކަމަށް ވެސް ފުލުހުން ވިދާޅުުވިއެވެ.

Related News