ދިވެހި|English Oct 12, 2026 · 13:14
Top banner
Advertisement
މަސްތުވާތަކެތީގެ މައްސަލައެއްގައި ކަލައިދުއާއި ފުވައްމުލަކުން ދެ މީހަކު ހައްޔަރުކޮށްފި
News

މަސްތުވާތަކެތީގެ މައްސަލައެއްގައި ކަލައިދުއާއި ފުވައްމުލަކުން ދެ މީހަކު ހައްޔަރުކޮށްފި

ހިރި ނިއުސްހިރި ނިއުސްOct 12, 2026

 ކަަލައިދޫން ހައްޔަރު ކޮށްފައިވަނީ އެ އަތޮޅު، އިސްދޫ، ޕޫލްކިނާރާ، ޙުސައިން ޢަލީ (34އ) ކަމަށް ފުލުހުން ވިިދާޅުވިއެވެ. އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު ކަލައިދޫ ބަނދަރަށް ގާތްކުރި ޑިންގީއަކުން ފޭބިއިރު، ފުލުހުން ފެނުމުން އޭނާގެ އަމަލުތައް ހުރިގޮތުން، އޭނާ ގާތު މަޑުކުރަން ބުނުމުން ދުވެ ފިލަން މަސައްކަތް ކުރުމުން ބަަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 120.28 ގުރާމުގެ ތަކެތި ފެނުމުންނެެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

 ފުވައްމުލައް ސިޓީން ހައްޔަރު ކޮށްފައިވަނީ ހޯދަޑު، ޒަމްހަރީރުގެ، އިބްރާހީމް މަޢުޛޫ (36އ) އެވެ. އޭނާ ހައްޔަރު ކުރީ މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި މަހު 11ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ.

 އޭނާ ދިރިއުޅޭ ގޭގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް، އެ ތަކެތި ޓްރެފިކްކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކޮށް ބަަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި (ވަގުތީ ބަރުދަން 7 ގުރާމު) އަދި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރަން ގެންގުޅޭ ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. 

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.

 މި ދެ މީހުންގެ މައްސަލަ ވެސް ދަނީ ތަހުގީގުކުރަމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

Related News