ދިވެހި|English Oct 14, 2026 · 12:26
Top banner
Advertisement
 މި އަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ހަތަރު ހާހަށް ވުރެގިނަ އައިޓަމް
News

 މި އަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ހަތަރު ހާހަށް ވުރެގިނަ އައިޓަމް

މމުހައްމަދު އަލީOct 14, 2026

މިއަހަރު ބާއްވާ އުފެއްދުންތެރިކަމުގެ މައުރަޒުގައި 4،800 އުފެއްދުން ބައިވެރިކުރެވޭނޭ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު ވިދާޅުވީ މިއީ މިދިޔައަހަރާ އަޅާބަލާއިރު ސަތޭކަ ޕަސެންޓުގެ އިތުރު ވުމެކެވެ. މިދިޔަ އަހަރުގެ މައުރަޒުގައި ބައިވެރިކޮށްފައިވަނީ 2400 އައިޓަމެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ސަޢީދު ވިދާޅުވީ މި އަހަރުގެ މަޢުރަޒަށް ލިބޭ ތަރުހީބު ވަރަށްބޮޑު ކަމަށެވެ. އެގޮތުން 2025 ވަނަ އަހަރުގެ މައުރަޒުގައި ބައިވެރިވެފައިވަނީ 240 ފަރާތަކުން ކަމަށާއި މި އަހަރުގެ މަޢުރަޒުގައި 780 ފަރާތަކުން ބައިވެރިވެފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއީ %225 ގެ ބޮޑު އިތުރުވުމެކެވެ.

 ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒަކީ ދިވެހީން އުފައްދާ ތަކެތި އެއް ތަނަކުން ދައްކާލައި، އެ ތަކެއްޗަށް މާކެޓު ހޯދައިދިނުމުގެ މަޤުޞަދުގައި ބާއްވާ މުހިންމު ހަރަކާތެއް ކަމަށް މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ. މި އަހަރުގެ މަޢުރަޒު ކުރިއަށް ގެންދަނީ ހަތް ޑިސްޓްރިކްޓަކަށް ބަހާލައިގެންނެވެ. މީގެ ތެރޭގައި އަލަށް ހިމެނި 'ވިޒިޓަރ އިކޮނޮމީ' އަދި 'އިންޓަރނޭޝަނަލް' ޑިސްޓްރިކްޓް ހިމެނެއެވެ. 

މި އަހަރުގެ މަޢުރަޒުގެ ވިޒިޓަރ އިކޮނޮމީ ޑިސްޓްރިކްޓުގައި 10 ރަށަކުން ބައިވެރިވެއެވެ. އަދި އިންޓަރނޭޝަނަލް ޑިސްޓްރިކްޓުގައި ޗައިނާގެ 15 ވިޔަފާރިއަކުން ކުދި ވިޔަފާރިތަކަށް ބޭނުންވާ ޓެކްނޮލޮޖީއާއި ޓޫލްސް ތަޢާރަފްކުރާނެއެވެ. އިންޑިއާގެ 15 ފަރާތަކުން ވެސް މިފަހަރު ބައިވެރިވެއެވެ. އަދި ޔޫ.އޭ.އީގެ ފަރާތްތައް ބައިވެރިކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

 

Related News