ދިވެހި|English Oct 14, 2026 · 12:24
Top banner
Advertisement
ހެވީ ވެހިކަލް ދުއްވާ ގަޑިތަކަށް ބަދަލު ގެންނަނީ
News

ހެވީ ވެހިކަލް ދުއްވާ ގަޑިތަކަށް ބަދަލު ގެންނަނީ

މމުހައްމަދު އަލީOct 14, 2026

އޮފީސް ގަޑިތަކުގައި ހުޅުމާލެ-މާލެ ބްރިޖުމަތީގެ ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށްޓަކައި، ހެވީ ވެހިކަލްތައް ވަކި ގަޑިތަކެއްގައި ނުދުއްވޭ ގޮތަށް ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ރައީސް އޮފީހުގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ ވިޔަފާރިތަކަށާއި ރައްޔިތުންނަށް ދަތިނުވާނޭހެން، ކޮންސްޓްރަކްޝަން ކުންފުނިތަކާ މަޝްވަރާކޮށްގެން އެކުލަވާލާ މި އައު ޕޮލިސީ ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ގެޒެޓުކުރެވޭނެ ކަމަށެވެ.

މިއީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނު ފާސްވުމާ ގުޅިގެން، ގެންނަ ބަދަލެކެވެ. ގްރޭޓަރ މާލެ ސަރަޙައްދަކީ ރަޖިސްޓްރޭޝަން ކޮންޓްރޯލްޑް ޒޯނެއްގެ ގޮތުގައި ކަނޑައަޅައި، ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް މިހާރުވަނީ "ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" (ޖީއެމްޓީއެމްއޯ) ޤާއިމުކުރެވިފައެވެ. އެ އޮފީހުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ޖީއެމްޓީއެމްއޯއަށް ސީއީއޯއަކު ޢައްޔަންކޮށް، ވަސީލަތްތައް ޤާއިމުކުރެވެމުންދާ ކަމަށެވެ. އަދި އެ އޮފީހަށް ލަފާދޭ ވަޒީރުންގެ ފެންވަރުގެ "ނޭޝަނަލް ރޯޑް ސޭފްޓީ ކައުންސިލް" ގެ ފުރަތަމަ ބައްދަލުވުން ވެސް މިހާރުވަނީ ބާއްވައިފަައެވެ. މި ކައުންސިލުން ޚާއްޞަ އިސްކަމެއް ދެއްވަން ރައީސް އިރުޝާދު ދެއްވާފައި ހުރި ކަންތައްތަކެއްވެސް އެބަހުރި ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިގޮތުން ހަތަރު މަގެއްގެ ޕާކިންގ ޑިޒައިން ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ޖީ.އެމް.ޓީ.އެމް.އޯ އިން މި މަސައްކަތް ކުރުމުގައި އެ މަގުތަކުގައި ދިރިއުޅޭ ރައްޔިތުންނާ މަޝްވަރާކުރުމުގެ މަސައްކަތްވެސް ކުރާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Related News