އަށާއަހަރު ނުފުރޭ ކުއްޖަކަށް ޖިންސީގޯނާކުރި ކަމުގެ ތުހުމަތުގައި ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ވިދާޅުވީ ޝާހިދު ހައްޔަރު ކޮށްފައިވަނީ ކޯޓުއަމުރެއްގެ ދަށުން މިރޭ 21:59 އެހައިކަންހާއިރު ކަމަށެވެ.
"ޢުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި ކޯޓުއަމުރެއްގެ ދަށުން ހ.ރަބީޢީމަންޒިލް/މާލެ، ޢަބްދުﷲ ޝާހިދު (64އ) 2026 ނޮވެމްބަރ 2 ވަނަ ދުވަހުގެރޭ 21:59 އެހައިކަންހާއިރު ވަނީ ހައްޔަރުކޮށްފައެވެ." ފުލުހުން ނެރުނު ކުރުބަޔާނުގައި ވިދާޅުވެފައިވެއެވެ. ފުލުހުން ވިދާޅުވީ މި މައްސަލަ އިތުރަށް ތަހުގީކުރަމުން ގެންދަވާ ކަމަށެވެ.
ޝާހިދު ހައްޔަރުކުރި ކަމުގެ ޚަބަރުތައް ފެތުރެން ފެށުމުން އޭނާ ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ. "އަޅުގަނޑުގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގެވެ." އިތުރަށް އޭނާ ވިދާޅުވެފައިވަނީ ސާބިތު ނުހިފޭ މިފަދަ ވާހަކަތައް ނުފެތުރުމަށް އެންމެހާ ބޭފުޅުންގެ އަރިހުން އެދިވަޑައިގަންނަވާ ކަމަށެވެ.





