ދިވެހި|English Nov 9, 2026 · 21:02
Top banner
Advertisement
‏ބޮޑުބަދަލަށް ތާއީދު ކުރުމުގެ ގޮތުން ގައުމީ މަޖިލީހަށް ވާދަ ނުކުރަން ނިންމައިފިން: އަޙްމަދު ޒައީމްއަހުމަދު ޒައީމް
News

‏ބޮޑުބަދަލަށް ތާއީދު ކުރުމުގެ ގޮތުން ގައުމީ މަޖިލީހަށް ވާދަ ނުކުރަން ނިންމައިފިން: އަޙްމަދު ޒައީމް

މމުހައްމަދު އަލީNov 9, 2026

އެމްޑީޕީ ގައުމީ މަޖިލިސް އިންތިހާބުގައި ގދ އަތޮޅު މެންބަރުކަމަށް މިހާރު ވާދަކުރަމުންދާ ގދ. ފަރެސްމާތޮޑާދާއިރާގެ ރައީސް އަޙްމަދު ޒައީމް ގައުމީ މަޖިލީސް އިންތިޚާބުގައި ވާދަނުކުރަން ނިންމައިފިއެވެ. ފޭސްބުކު ޕޭޖުގައި އޭނާ ވިދާޅުވެފައިވަނީ "އަޅުގަނޑުގެ ކެންޑިޑެސީ އަނބުރާ ގެނެސްފިމެވެ."

‏"މިގޮތަށް އަޅުގަނޑު ނިންމީ އެމްޑީޕީ ކޮންގްރެސް އިން ފާސްކޮށްފައިވާ ބޮޑުބަދަލަށް ތާއިދުކޮށް ބޮޑު ބަދަލު ޓީމަށް 02 ކެންޑިޑޭޓުން ހަމަކުރުމަށްޓަކައި އެހެންބޭފުޅަކަށް ފުރުސަތު ފަހިކޮށްދިނުމަށްޓަކައެވެ." އޭނާ ވިދާޅުވެފައިވެއެވެ.

‏އޭނާ ވިދާޅުވެފައިވަނީ އެމްޑީޕީގެ ގދ. އަތޮޅު ދާއިރާގެ ގައުމީ މަޖިލިސް މެންބަރުކަމަށް ވާދަކުރުމަށް އޭނާއަށް ތާއިދު ކުރެއްވި އެންމެހާ ފަރާތްތަކަށާއި، ވޯޓުދެއްވާނެ ކަމަށް ވިދާޅުވި އެންމެހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށެވެ.

 

Related News