الله ﷻ ވޮޑިގެންވާނަމަ، الله ﷻ ނުފެންނަނީ ކީއްވެގެން ހެއްޔެވެ؟ ލޮލަށް ނުފެންނަ ކަލަކު ޤަބޫލުކުރާނީ ކިހިނެއް ހެއްޔެވެ؟ ހިތުގެ އަޑިން ޤަބޫލުނުކޮށް، ބޭރުފުށުން މީހަކު ޤަބޫލުކުރާ ކުރުން ޚުރާފާތަކަށް ނުވޭ ހެއްޔެވެ؟ މިއީ މިޒަމާނުގެ މުލްހިދުން އެންމެ ގިނައިންކުރާ އެއް ސުވާލެވެ. ދެންއޮތީ މީގައި އެންމެ އަޖާއިބުވާންޖެހޭ ވާހަކައެވެ. މި ސުވާލު އެންމެ ފުރަތަމަ ކުރެއްވީ ރަސޫލު ބޭކަލެކެވެ. ހަޒުރަތު މޫސާ عليه السّلام އަށް، الله ﷻ ސީދާ ބަސް ވަޙީކުރައްވާ ކަމަށް ކީރިތި ޤުރުއާނުގައި ބަޔާންވެގެންވެއެވެ. އެއްދުވަހަކު މޫސާގެފާނު، الله ﷻ އަށް ދެންނެވި ކަމަށް ސޫރަތުލް އަޢުރާފުގެ 143 ވަނަ އާޔަތުގައި الله ﷻ ވަޙީކުރައްވާފައިވެއެވެ.
وَلَمَّا جَآءَ مُوسَىٰ لِمِيقَـٰتِنَا وَكَلَّمَهُۥ رَبُّهُۥ قَالَ رَبِّ أَرِنِىٓ أَنظُرْ إِلَيْكَ ۚ قَالَ لَن تَرَںٰنی وَلَـٰكِنِ ٱنظُرْ إِلَى ٱلْجَبَلِ فَإِنِ ٱسْتَقَرَّ مَكَانَهُۥ فَسَوْفَ تَرَںٰنی ۚ فَلَمَّا تَجَلَّىٰ رَبُّهُۥ لِلْجَبَلِ جَعَلَهُۥ دَكًّۭا وَخَرَّ مُوسَىٰ صَعِقًۭا ۚ فَلَمَّآ أَفَاقَ قَالَ سُبْحَـٰنَكَ تُبْتُ إِلَيْكَ وَأَنَا۠ أَوَّلُ ٱلْمُؤْمِنِينَ (١٤٣) މާނައީ:
"ތިމަންރަސްކަލާނގެ ކަނޑައަޅުއްވާފައިވާ މުއްދަތަށް މޫސާގެފާނު ވަޑައިގަންނަވައި، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ އެކަލޭގެފާނަށް ބަސް ވަޙީކުރެއްވިހިނދު، އެކަލޭގެފާނު ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާނކޮ! އިނބަރަސްކަލާނގެ ޒާތުފުޅަށް ތިމަންއަޅާ ބަލައިލުމަށްޓަކައި، ތިމަންއަޅާއަށް ދައްކަވައިފާދޭނވެ! އެކަލާނގެ ވަޙީކުރެއްވިއެވެ. ކަލޭގެފާނަކަށް ތިމަންރަސްކަލާނގެ ޒާތުފުޅު ފެނިވަޑައެއް ނުގަންނަވާނެތެވެ. އެހެނެއްކަމަކު، ފަރުބަދަޔަށް ބައްލަވާށެވެ! ފަހެ، އެ ފަރުބަދަ އެހުރިތާ ހަރުލައި ހުރެއްޖެނަމަ ކަލޭގެފާނަށް ތިމަންރަސްކަލާނގެ ޒާތުފުޅު ފެނިވަޑައިގެންފާނެތެވެ. ފަހެ، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ފަރުބަދަޔަށް ތަޖައްލީވެ ވޮޑިގަތްހިނދު، އެ ފަރުބަދަ ކުނޑިކުނޑިވެ ބިމާ ހަމަވެގެންވާ އެއްޗެއް ކަމުގައި ލެއްވިއެވެ. އަދި މޫސާގެފާނު ހޭފުޅުނެތިގެން ވެއްޓިވަޑައިގެންފިއެވެ. ފަހެ، އެކަލޭގެފާނު ހޭފުޅުއެރިހިނދު ވިދާޅުވިއެވެ. އިނބަރަސްކަލާނގެ ހުސްޠާހިރު ވަންތަކަމާއެވެ! އިނބަރަސްކަލާނގެއަށް ތިމަންއަޅާ ތައުބާވެއްޖައީމެވެ. އަދި އީމާންވި މީހުންކުރެ ފުރަތަމަ މީހަކީ ތިމަންއަޅާއެވެ."
ވިސްނާށެވެ! އެ ސުވާލުކުރެއްވީ ޖާހިލެއް ނޫނެވެ. އެ ސުވާލުކުރެއްވީ الله ﷻ ޚިޔާރުކުރައްވައި، ހޮއްވަވާފައިވާ ރަސޫލުބޭކަލެކެވެ. މިހިސާބުން ދެން ފެށެނީ ފަލްސަފާއެވެ. الله ﷻ ވޮޑިގެން ވާކަމަކަށް، އެކަލާނގެ ވަޙީއެއް ނުކުރައްވައެވެ. އަދި، ލޯމަރާލައިގެން އެކަލާނގެ ވޮޑިގެންވާ ކަމަށް ޤަބޫލުކުރާށެކޭވެސް، އެކަލާނގެ ވަޙީއެއް ނުކުރައްވައެވެ. الله ﷻ ވަޙީކުރެއްވީ، ކަލޭގެފާނަކަށް ތިމަންރަސްކަލާނގެ ޒާތުފުޅު ފެނިވަޑައި ނުގަންނަވާނެ ކަމަށާއި، ކުރިމަތީގައިވާ ފަރުބަދައަށް ބެއްލެވުމަށެވެ. އަދި އެ ފަރުބަދަ އެ ހުރިތާ ހަރުލައިހުރެއްޖެނަމަ، ކަލޭގެފާނަށް ތިމަން އިލާހުގެ ޒާތުފުޅު ފެނިވަޑައިގެންފާނެ ކަމަށެވެ. އެއީ ހަމައެކަނި ހުސް ވާހަކައެއް ނޫނެވެ. އެއީ އިންސާނާގެ ޤާބިލިއްޔަތުގެ އިމްތިޙާނެކެވެ. އެއީ ސައިންސުގެ ޤާޢިދާއެކެވެ. ކޮންމެ ނިޒާމެއްގެވެސް ހައްދެއް، ހުދޫދެއް އޮންނާނެއެވެ. އިންސާނީ ލޮލަކަށް އެކްސްރޭއެއް ނުފެންނާނެއެވެ. އިންސާނީ ކަންފަތަކަށް އަލްޓްރާ ސައުންޑެއް އަޑެއް ނީވޭނެއެވެ. ސިކުނޑިއަކަށް ލާމަހުދޫދު ޑޭޓާއެއް ޕްރޮސެސްއެއް ނުކުރެވޭނެއެވެ. މިކަންކަން ކުރުމުގެ އެކަށޭނަކަން އިންސާނާއަށް ލިބިގެން ނުވާއިރު، الله ﷻ ގެ ޒާތުފުޅު ނުފެނުމަކީ ސުވާލު އުފައްދަންޖެހޭ ކަމެއް ނޫނެވެ. އަސްލު ސުވާލަކީ، ދެކެން ބޭނުންވާ މީހާއަކީ އެވަރުގެ ޤާބިލުކަމެއް ހުރި މީހެއް ހެއްޔެވެ؟ އޭނާއަށް އެވަރުގެ އެކަށޭނެކަމެއް ލިބިގެންވޭ ހެއްޔެވެ؟ ޤުރުއާނުގައި އަންގަވާފައިވަނީ ފަރުބަދައަށް الله ﷻ ތަޖައްލީވެ ވޮޑިގަތްހިނދު، އެ ފަރުބަދަ ކުނޑިކުނޑިވެ، ބިމާ ހަމަވެގެން ދިޔަ ކަމަށެވެ. ވިސްނާށެވެ. الله ﷻ ގެ ޒާތުފުޅާއެކު، އެ ފަރުބަދަ މައްޗަށް ފައިބާ ވަޑައިގަތީއެއް ނޫނެވެ. ހަމައެކަނި ތަޖައްލީވެ ވޮޑިގަތީއެވެ. އާދެ، الله ﷻ ގެ ޒާތުފުޅުގެ ނޫރުފުޅު ނުވަތަ އަލި ހަމައެކަނި އެ ފަރުބަދައަށް އެޅުނީއެވެ. އެހިނދު، އެ ފަރުބަދަ ކުނޑިކުނޑިވެގެން ބިމާ ހަމަވެގެން ދިޔައީއެވެ.الله ﷻ ނުފެންނަނީ ކީއްވެގެން ހެއްޔެވެ؟
الله ﷻ ވޮޑިގެންވާނަމަ، الله ﷻ ނުފެންނަނީ ކީއްވެގެން ހެއްޔެވެ؟ ލޮލަށް ނުފެންނަ ކަލަކު ޤަބޫލުކުރާނީ ކިހިނެއް ހެއްޔެވެ؟ ހިތުގެ އަޑިން ޤަބޫލުނުކޮށް، ބޭރުފުށުން މީހަކު ޤަބޫލުކުރާ ކުރުން ޚުރާފާތަކަށް ނުވޭ ހެއްޔެވެ؟ މިއީ މިޒަމާނުގެ މުލްހިދުން އެންމެ ގިނައިންކުރާ އެއް ސުވާލެވެ. ދެންއޮތީ މީގައި އެންމެ އަޖާއިބުވާންޖެހޭ ވާހަކައެވެ. މި ސުވާލު އެންމެ ފުރަތަމަ ކުރެއްވީ ރަސޫލު ބޭކަލެކެވެ. ހަޒުރަތު މޫސާ عليه السّلام އަށް، الله ﷻ ސީދާ ބަސް ވަޙީކުރައްވާ ކަމަށް ކީރިތި ޤުރުއާނުގައި ބަޔާންވެގެންވެއެވެ. އެއްދުވަހަކު މޫސާގެފާނު، الله ﷻ އަށް ދެންނެވި ކަމަށް ސޫރަތުލް އަޢުރާފުގެ 143 ވަނަ އާޔަތުގައި الله ﷻ ވަޙީކުރައްވާފައިވެއެވެ.
وَلَمَّا جَآءَ مُوسَىٰ لِمِيقَـٰتِنَا وَكَلَّمَهُۥ رَبُّهُۥ قَالَ رَبِّ أَرِنِىٓ أَنظُرْ إِلَيْكَ ۚ قَالَ لَن تَرَںٰنی وَلَـٰكِنِ ٱنظُرْ إِلَى ٱلْجَبَلِ فَإِنِ ٱسْتَقَرَّ مَكَانَهُۥ فَسَوْفَ تَرَںٰنی ۚ فَلَمَّا تَجَلَّىٰ رَبُّهُۥ لِلْجَبَلِ جَعَلَهُۥ دَكًّۭا وَخَرَّ مُوسَىٰ صَعِقًۭا ۚ فَلَمَّآ أَفَاقَ قَالَ سُبْحَـٰنَكَ تُبْتُ إِلَيْكَ وَأَنَا۠ أَوَّلُ ٱلْمُؤْمِنِينَ (١٤٣) މާނައީ:
"ތިމަންރަސްކަލާނގެ ކަނޑައަޅުއްވާފައިވާ މުއްދަތަށް މޫސާގެފާނު ވަޑައިގަންނަވައި، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ އެކަލޭގެފާނަށް ބަސް ވަޙީކުރެއްވިހިނދު، އެކަލޭގެފާނު ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާނކޮ! އިނބަރަސްކަލާނގެ ޒާތުފުޅަށް ތިމަންއަޅާ ބަލައިލުމަށްޓަކައި، ތިމަންއަޅާއަށް ދައްކަވައިފާދޭނވެ! އެކަލާނގެ ވަޙީކުރެއްވިއެވެ. ކަލޭގެފާނަކަށް ތިމަންރަސްކަލާނގެ ޒާތުފުޅު ފެނިވަޑައެއް ނުގަންނަވާނެތެވެ. އެހެނެއްކަމަކު، ފަރުބަދަޔަށް ބައްލަވާށެވެ! ފަހެ، އެ ފަރުބަދަ އެހުރިތާ ހަރުލައި ހުރެއްޖެނަމަ ކަލޭގެފާނަށް ތިމަންރަސްކަލާނގެ ޒާތުފުޅު ފެނިވަޑައިގެންފާނެތެވެ. ފަހެ، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ފަރުބަދަޔަށް ތަޖައްލީވެ ވޮޑިގަތްހިނދު، އެ ފަރުބަދަ ކުނޑިކުނޑިވެ ބިމާ ހަމަވެގެންވާ އެއްޗެއް ކަމުގައި ލެއްވިއެވެ. އަދި މޫސާގެފާނު ހޭފުޅުނެތިގެން ވެއްޓިވަޑައިގެންފިއެވެ. ފަހެ، އެކަލޭގެފާނު ހޭފުޅުއެރިހިނދު ވިދާޅުވިއެވެ. އިނބަރަސްކަލާނގެ ހުސްޠާހިރު ވަންތަކަމާއެވެ! އިނބަރަސްކަލާނގެއަށް ތިމަންއަޅާ ތައުބާވެއްޖައީމެވެ. އަދި އީމާންވި މީހުންކުރެ ފުރަތަމަ މީހަކީ ތިމަންއަޅާއެވެ."
ވިސްނާށެވެ! އެ ސުވާލުކުރެއްވީ ޖާހިލެއް ނޫނެވެ. އެ ސުވާލުކުރެއްވީ الله ﷻ ޚިޔާރުކުރައްވައި، ހޮއްވަވާފައިވާ ރަސޫލުބޭކަލެކެވެ. މިހިސާބުން ދެން ފެށެނީ ފަލްސަފާއެވެ. الله ﷻ ވޮޑިގެން ވާކަމަކަށް، އެކަލާނގެ ވަޙީއެއް ނުކުރައްވައެވެ. އަދި، ލޯމަރާލައިގެން އެކަލާނގެ ވޮޑިގެންވާ ކަމަށް ޤަބޫލުކުރާށެކޭވެސް، އެކަލާނގެ ވަޙީއެއް ނުކުރައްވައެވެ. الله ﷻ ވަޙީކުރެއްވީ، ކަލޭގެފާނަކަށް ތިމަންރަސްކަލާނގެ ޒާތުފުޅު ފެނިވަޑައި ނުގަންނަވާނެ ކަމަށާއި، ކުރިމަތީގައިވާ ފަރުބަދައަށް ބެއްލެވުމަށެވެ. އަދި އެ ފަރުބަދަ އެ ހުރިތާ ހަރުލައިހުރެއްޖެނަމަ، ކަލޭގެފާނަށް ތިމަން އިލާހުގެ ޒާތުފުޅު ފެނިވަޑައިގެންފާނެ ކަމަށެވެ. އެއީ ހަމައެކަނި ހުސް ވާހަކައެއް ނޫނެވެ. އެއީ އިންސާނާގެ ޤާބިލިއްޔަތުގެ އިމްތިޙާނެކެވެ. އެއީ ސައިންސުގެ ޤާޢިދާއެކެވެ. ކޮންމެ ނިޒާމެއްގެވެސް ހައްދެއް، ހުދޫދެއް އޮންނާނެއެވެ. އިންސާނީ ލޮލަކަށް އެކްސްރޭއެއް ނުފެންނާނެއެވެ. އިންސާނީ ކަންފަތަކަށް އަލްޓްރާ ސައުންޑެއް އަޑެއް ނީވޭނެއެވެ. ސިކުނޑިއަކަށް ލާމަހުދޫދު ޑޭޓާއެއް ޕްރޮސެސްއެއް ނުކުރެވޭނެއެވެ. މިކަންކަން ކުރުމުގެ އެކަށޭނަކަން އިންސާނާއަށް ލިބިގެން ނުވާއިރު، الله ﷻ ގެ ޒާތުފުޅު ނުފެނުމަކީ ސުވާލު އުފައްދަންޖެހޭ ކަމެއް ނޫނެވެ. އަސްލު ސުވާލަކީ، ދެކެން ބޭނުންވާ މީހާއަކީ އެވަރުގެ ޤާބިލުކަމެއް ހުރި މީހެއް ހެއްޔެވެ؟ އޭނާއަށް އެވަރުގެ އެކަށޭނެކަމެއް ލިބިގެންވޭ ހެއްޔެވެ؟ ޤުރުއާނުގައި އަންގަވާފައިވަނީ ފަރުބަދައަށް الله ﷻ ތަޖައްލީވެ ވޮޑިގަތްހިނދު، އެ ފަރުބަދަ ކުނޑިކުނޑިވެ، ބިމާ ހަމަވެގެން ދިޔަ ކަމަށެވެ. ވިސްނާށެވެ. الله ﷻ ގެ ޒާތުފުޅާއެކު، އެ ފަރުބަދަ މައްޗަށް ފައިބާ ވަޑައިގަތީއެއް ނޫނެވެ. ހަމައެކަނި ތަޖައްލީވެ ވޮޑިގަތީއެވެ. އާދެ، الله ﷻ ގެ ޒާތުފުޅުގެ ނޫރުފުޅު ނުވަތަ އަލި ހަމައެކަނި އެ ފަރުބަދައަށް އެޅުނީއެވެ. އެހިނދު، އެ ފަރުބަދަ ކުނޑިކުނޑިވެގެން ބިމާ ހަމަވެގެން ދިޔައީއެވެ.





