ދިވެހި|English Aug 24, 2026 · 09:34
Top banner
Advertisement
ރައީސްގެ ދެކަނބަލުން ތާޖުމަހަލްއަށް ޒިޔާރަތް ކުރައްވައިފި
News

ރައީސްގެ ދެކަނބަލުން ތާޖުމަހަލްއަށް ޒިޔާރަތް ކުރައްވައިފި

މމުހައްމަދު އަލީOct 9, 2024
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން އިންޑިއާގެ ތާރީޚީ މުހިންމު ބިނާއެއް ކަމުގައިވާ ތާޖް މަހަލަށް ޒިޔާރަތް ކުރައްވައިފިއެވެ. މި ޒިޔާރަތްކުރައްވާފައިވަނީ، އިންޑިއާގެ ވިޔަފާރި މަރުކަޒު މުމްބާއީއަށް ވަޑައިގަތުމުގެ މަގުމަތީގައި ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ. ތާޖުމަހަލް އަކީ އިންޑިއާގެ ރަސްކަލެއް ކަމަށްވާ ޝާހު ޖަހާން އޭނާ އެންމެ ލޯބިވާއަނބިކަނބަލުންގެ ހަނދާނުގައި 1631 ވަނަ އަހަރު ބިނާކުރެއްވި ގަނޑުވަރެކެވެ. މިތަން ދުނިޔެއަށް މަޝްހޫރުވެފައިވަނީ ލޯބީގެ ރަމްޒެއްގެ ގޮތުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅަކީ އެގައުމުގެ ރައީސް ދުރޫޕަދީ މުރުމޫގެ ދަޢުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

Related News