ދިވެހި|English Oct 8, 2026 · 10:48
Top banner
Advertisement
"މޯލްޑިވްސް-އިންޑިއާ ނެޓްވަރކިންގ އީވްނިންގ" ގައި ރައީސް ބައިވެރިވެވަޑައިގެންފި
News

"މޯލްޑިވްސް-އިންޑިއާ ނެޓްވަރކިންގ އީވްނިންގ" ގައި ރައީސް ބައިވެރިވެވަޑައިގެންފި

ހިރި ނިއުސްހިރި ނިއުސްOct 9, 2024
އިންޑިއާގެ މުމްބާއީގައި މިއަދު ބޭއްވި "މޯލްޑިވްސް-އިންޑިއާ ނެޓްވަރކިންގ އީވްނިންގ" ގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ބައިވެރިވެވަޑައިގެންފިއެވެ. މި ހަރަކާތްކުރިޔަށް ގެންގޮސްފައި ވަނީ ދެފަރާތައްވެސް މަންފާކުރާގޮތަށް ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާއިން އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތައް އަންގައިދިނުމުގެ ގޮތުންނެވެ. މިހަރަކާތުގައި ގިނަ ޢަދަދެއްގެ ބޮލީވުޑްގެ މަޝްހޫރު ފަރާތްތަކުން ވެސް ބައިވެރިވިއެވެ. މިހަރަކާތުގެ ކުރިން ބޭއްވި އިންޑިއާ-މޯލްޑިވްސް ބިޒްނަސް ފޯރަމުގައި ބައިވެރިވެވަޑައިގެންނެވި އިންޑިއާގެ ބައެއް ވިޔަފާރިވެރިންނާ މުޚާއްތުބުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ތަޤްރީރުކުރެއްވިއެވެ. ރައީސޫލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅަކީ އިންޑިއާގެ ރައީސްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. -ޚަބަރާއި ފޮޓޯ ރައީސް އޮފީީސް

Related News