ދިވެހި|English Aug 24, 2026 · 08:02
Top banner
Advertisement
އެމްޑީޕީ ފިކުރަށް އެއްވެސް ބަދަލެއްނާދޭ ޕާޓީއޮތީ ގަދަކޮށް: ޝާހިދު
News

އެމްޑީޕީ ފިކުރަށް އެއްވެސް ބަދަލެއްނާދޭ ޕާޓީއޮތީ ގަދަކޮށް: ޝާހިދު

އއަހުމަދު މުހައްމަދުOct 12, 2024
ރާއްޖޭގެ އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީކަމަށްވާ އެމްޑީޕީގެ ފިކުރަށް އެއްވެސް ބަދަލެއް ނާންނަކަމަށް އެޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. ހދ. ކުޅުދުއްފުށީގައި މިހާރު ކުރިއަށްދާ "ލާމަރުކަޒީ ގުޅުން-ކައުންސިލަރުންގެ ކޮންފަރެންސް" ގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ ޕާޓީގެ ފިކުރަށް އެއްވެސް ބަދަލެއް ނާންނަކަން މި ކޮންފަރެންސުން ވެސް އެނގިގެންދާނޭ ކަމަށެވެ. އެޕާޓީއަކީ ރާއްޖެއަށް ޑިމޮކްރަސީ ނިޒާމް ތައާރަފްކޔރުމުގައި އެންމެ އިސްކޮށް މަސައްކަތްކުރި ޕާޓީއެވެ. ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް އެޕާޓީގެ ލީޑަރޝިޕުންނާއި އާންމު މެންބަރުންވަނީ މަގުމަތީގައި ހޭލާ ތިބެގެން އެތައް މަސައްކަތެއް ކޮށްފައެވެ. އެމަސައްކަތުގެ ތެރެއިން އެތައްބަޔަކަށްވަނީ އަނިޔާ ލިބިފައެވެ. އެތައް ބަޔަކުވަނީ ޖަލަށްލެވިފައެވެ. އެހެންކަމުން ޝާހުދު ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީ ވިހެއީ "އެމްޑީޕީގެ ބަނޑުން" ކަމަށެވެ. އެމްޑީޕީއާއި ޑިމޮކްރަސީއާ އެއީ ވަކުކުރެވޭނޭ އެއްޗެއް ނޫންކަމަށް ވެސް ވިދާޅުވިއެވެ. ރާއްޖޭގައި މިވަގުތު އޮތީ ސީޔާސީ ގޮތުން ދެފިކުރެވެ. އެއްފިކުރަލީ މަރުކަޒީ ފިކުރެވެ. އަނެއް ފިކުރަކީ މިނިވަންކަމާއެކު ހަރަކާތްތެރިވެވޭ ލާމަރުކަޒީ ފިކުރުމަށް ޝާހިދު ވިދާޅުވިއެވެ. އެމްޑީޕީއަކީ ލާމަރުކަޒީ ފިކުރުކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ. މި ކޮންފަރެންސްގައި ޕާޓީގެ އެޑްވައިޒަރ ރައީސް އިބްރާހިމް މުހައްމަދު ސާލިހު، ޗެއަރޕަރސަން ފައްޔާޒު އިސްމާއީލް، ޕާޓީގެ ރައީސް އަބްދުالله ޝާހިދު، ކުރީގެ ވީޕީ ފައިސަލް ނަސީމް ބައިވެރިވެވަޑައިގަންނަވައެވެ. ޖުމްލަ 55 މެންބަރުން މި ބައްދަލުވުގައި ބައިވެރިވެއެވެ. ޝާހިދު ވިދާޅުވީ މިއީ ސިލްސިލާ ކޮންފަރެންސެއް ކަމަށެވެ. މި ކޮންފަރެންސް ރާއްޖޭގެ އެކިސަރަހައްދުތަކުގައި ބާއްވާނޭ ކަމަށް އެނާ ވިދާޅުވިއެވެ.

Related News