ދިވެހި|English Jul 10, 2026 · 01:31
Top banner
Advertisement
ލާމަރުކަޒީ ނިޒާމް ދެމެހެއްޓުމަށް އަމަލީގޮތުން މަސައްކަތް ކުރަންޖެހޭ
News

ލާމަރުކަޒީ ނިޒާމް ދެމެހެއްޓުމަށް އަމަލީގޮތުން މަސައްކަތް ކުރަންޖެހޭ

އއަހުމަދު މުހައްމަދުOct 12, 2024
ލާމަރުކަޒީ ނިޒާމް ރާއްޖޭގައި ދެމެހެއްޓުމަށްޓަކައި އަމަލީ ގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަން ޖެހޭކަމަށް ކުރީގެ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމްޑީޕީން ކުޅުދުއްފުށި ސިޓީގައި މިހާރު ބާއްވަމުން ގެންދާ ލާމަރުކަޒީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ އެކަންއެގޮތަށް ނުކޮށް ރާއްޖެ ތަރައްގީއެއް ނުކުރެވޭ ކަމަށެވެ. މިހާރުގެ ސަރުކާރުން ގެންދަވަނީ ލާމަރުކަޒީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނެވުމުގެ މަސައްކަތް ކުރަމުންކަމަށް ވެސް ރައީސް ސާލިހު ވިދާޅުވިއެވެ. އެއީ މުޅި ލާމަރުކަޒީ ނިޒާމް ފުނޑާލުން ކަމަށް ވެސް ވިދާޅުވިއެވެ. އޭގެ ތެރެއިން މިހާރުވަނީ އަނެއްކާވެސް "އެޓޯލްސް މިނިސްޓްރީ" އުފައްދަވާފައި ކަމަށާއި އެއީ ބާރުތައް ޖަމާކުރަން ކުރެއްވި ކަމެއްކަމަށް ވެސް ވިދާޅުވިއެވެ. އެކަން ފުރަތަމަ ދުވަހުން ފެށިގެން ފުރަތަމަ ދުވަހުން ފެށިގެން މިސަރުކާރުން ދަނީ ކުރައްވަމުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. "މިއީ ދިވެހިރާއްޖެ ތަރައްގީ ކުރެވޭނޭ ގޮތް ކަމަށް އެމްޑީޕީން އެއްއިރެއްގައިވެސް ނުދެކޭ. އެހެންނަމަވެސް މި ބޭފުޅުން ވެރިކަމާ ހަވާލުވާ ކޮންމެ ފަހަރަކު ލާމަރުކަޒީ ނިޒާމު ފުނޑާލުމުގެ މަސައްކަތް ކުރިއަށްގެންދޭ،" ރައީސް ސާލިހު ވިދާޅުވިއެވެ.  

Related News