ދިވެހި|English Aug 24, 2026 · 08:43
Top banner
Advertisement
ދުއިސައްތަ ސިޔާސީން ވަކިކޮށް ފަސްމިލިއަން ސަލާމަތް ކުރަނީ
News

ދުއިސައްތަ ސިޔާސީން ވަކިކޮށް ފަސްމިލިއަން ސަލާމަތް ކުރަނީ

މމުހައްމަދު އަލީOct 15, 2024
ރާއްޖޭގެ އިގްތިސާދީ ކަންކަން ހައްލު ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ އިސްލާހީ މަސައްކަތުގެ ތެރެއިން 228 ސިޔާސީ ބޭފުޅުން މަގާމުން ވަކި ކުރެއްވުމަށް އެމަނިކުފާނު ނިންމަވައިފިއެވެ. ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިއަދަދަށް މީހުން ކަނޑާލައިގެން 5.714 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނޭ ކަމަށެވެ. ރައީސް ވިދާޅުވެފައިވަނީ ކުރިއަށްއޮތް ފަނަރަ ދުވަސްތެރޭގައި މިއަދަދަށް މީހުން ވަކިކުރައްވާނެއެވެ. "އިގްތިސާދީ އިސްލާހީ އެޖެންޑާގެ ތެރެއިން، ޚަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން، ކުރިއަށް އޮތް ފަނަރަ ދުވަހުގެ ތެރޭގައި ސަރުކާރުގެ އެކި މިނިސްޓްރީތަކުން ސިޔާސީ ގޮތުން އައްޔަންކުރާ 228 މީހަކު ވަކިކުރުމަށް އަޅުގަނޑު މިއަދު ވާނީ އަންގާފައި." ރައީސް ވިދާޅުވެފައިވެއެވެ. ކަނޑާލަން ނިންމަވާފައިވަނީ 7 ސްޓޭޓް މިނިސްޓަރުންނާއި 43 ޑެޕިއުޓީ މިނިސްޓަރުންނާއި 109 ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުންނާއި 69 ޕޮލިޓިކަލް ޑިރެކްޓަރުންނެވެ.

Related News