ދިވެހި|English Aug 24, 2026 · 08:05
Top banner
Advertisement
ތިން ރަށެއްގެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވައިފި
News

ތިން ރަށެއްގެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވައިފި

އއައްޝައިޚް ޙަސަން ލަޠީފް މޫސާOct 16, 2024
މިއަހަރު ޑިސެންބަރު 14 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ހދ.ކުރިނބި، މ.ރަތްމަންދޫ އަދި ގއ.ދެއްވަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަނުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އިލެކްޝަންސް ކޮމިޝަނުން އާންމު ކޮށްފިއެވެ. ލިސްޓު ދިވެހިސަރުކާރުގެ ގެޒެޓުންނާއި، އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ. މި ލިސްޓު އާންމުކޮށްފައިވަނީ އިއްޔެވެ. މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް މިހާރުވަނީ ހުޅުވާފައެވެ. މިއަދު ހެނދުނު 8:30 އިން ފެށިގެން  2024 އޮކްޓޫބަރު 27 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 03:00 ގެ ނިޔަލަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނޭ ކަމަށް އީސީން ވިދާޅުވެފައިވެއެވެ. ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޝަކުވާ ފޯމުންނެވެ. ޝަކުވާ ފޯމު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުންނާއި ކޮމިޝަނުގެ އިދާރާއިން ލިބެން ހުންނާނެއެވެ. ޝަކުވާ ހުށަހަޅާނީ ކޮމިޝަނުގެ އީމެއިލް އެޑްރެހަށް ފޮނުވައިގެންނެވެ.  

Related News