ދިވެހި|English Aug 24, 2026 · 08:50
Top banner
Advertisement
ތިމާވެށީގެ ޖޫރިމަނާތައް ނުދައްކައިގެން އޭޖީ ހާޒިރު ކުރަނީ
News

ތިމާވެށީގެ ޖޫރިމަނާތައް ނުދައްކައިގެން އޭޖީ ހާޒިރު ކުރަނީ

އއަހުމަދު މުހައްމަދުOct 16, 2024
ތިމާވެއްޓަށް ގެއްލުން ލިބޭފަދަ ކަންތައްތަކުގެ މައްސަލަތަކާގުޅިގެން ޖޫރިމަނާކޮށްފައިވާ ފަރާތްތަކުން ޖޫރިމަނާ ފައިސާ ނުދައްކާ މައްސަލައާ ގުޅިގެން އެޓާނީ ޖެނެރަލް (އޭޖީ) އަހުމްދު އުޝާމް، ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ. ޖޫރިމަނާކުރާ ފަރާތްތަކުން ޖޫރިމަނާ ނުދައްކާ ފަރާތްތަކެއްގެ ލިސްޓެއް ކޮމިޓީއަށް ވަނީ ހުށަހަޅައިފައެވެ. އެ ލިސްޓާ ބެހޭގޮތުން ވާހަކަ ދައްކަމުން މަތިވެރީ ދާއިރާގެ މެންބަރު ހަސަން ޒަރީރު ވިދާޅުވީ، އެ ފަރާތްތަކުން ޖޫރިމަނާ ނުދައްކައިގެން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާވެސް ކޮމިޓީން މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އެ ބޭފުޅުންވެސް ވިދާޅުވެފައިވަނީ، އޭޖީއާ މަޝްވަރާކޮށްގެން އެކަމަށް ހައްލު ގެނެވިދާނެ ކަމަށް، އަދި އެހެން ފަރާތްތަކުންވެސް ބުނޭ އެގޮތަށް،" ހަސަން ޒަރީރު ވިދާޅުވިއެވެ. އެހެންކަމުން އެ މައްސަލައާ ގުޅިގެން އޭޖީ ކޮމިޓީއަށް ހާޒިރުކުރަން ހަސަން ޒަރީރު ހުށަހެޅުއްވިއެވެ. އޭޖީ ހާޒިރުކުރަން ފާސްކުރީ، އެ ހުށަހެޅުމަށް ހުޅުމާލެ މެދު ދާއިރާގެ މެންބަރު އަބުދުﷲ ޝަޒީމް ތާއީދު ކުރައްވައިގެންނެވެ.

Related News