ދިވެހި|English Aug 24, 2026 · 08:44
Top banner
Advertisement
ގައިގައި އަތްލުމުގެ ކުށް ސާބިތުވި މީހަކު ތޭރަ ދުވަހަށް ޖަލަށް
News

ގައިގައި އަތްލުމުގެ ކުށް ސާބިތުވި މީހަކު ތޭރަ ދުވަހަށް ޖަލަށް

އއަހުމަދު މުހައްމަދުOct 16, 2024
މީހެއްގެ ގައިގައި އަތްލުމުގެ ކުށް ސާބިތުވެގެން މީހަކު 13 ދުވަހުގެ މުއްދަތަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ. އެ މައްސަލައިގައި ހުކުމް ކުރީ ޙަސަން ނަބާޙް ޝަފީޤްކިޔާ މީހެއްގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން ކުރި، ގައިގައި އަތްލުމުގެ ކުށުގެ ދަޢުވާގެ އިބްތިދާއީ މަރުހަލާ އާއި އަވަސްނިޔާގެ ޝަރީއަތުގެ މަޖިލީހުގައި އޭނާ ވަނީ ކުށަށް އިއުތިރާފުވެފައެވެ. އެހެންކަމުން ގައިގައި އަތްލުމުގެ ކުށުން ޙަސަން ނަބާޙް ޝަފީޤް ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި އޭނާގެ މައްޗަށް 13 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކުރިނަލް ކޯޓުން ހުކުމް ކުރީއެވެ.

Related News