ދިވެހި|English Aug 24, 2026 · 09:33
Top banner
Advertisement
ޓްރާންފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި
News

ޓްރާންފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

މމުހައްމަދު އަލީOct 27, 2024
ހުޅުމާލޭ ފޭސްދޭއްގެ ހިޔާ ތޭރަވަނަ ފުލެޓުކައިރީގައިހުރި ޓްރާންސްފޯމަރެއްގެ ތެރެއަށް ވަދެ ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރު ކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވީ މިމައްސަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ނ. މާޅެންދޫ، ފެހިއައްސޭރި، އަހުމަދު ރިޝްވާނެއެވެ. އޭނާގެ އުމުރަކީ ބައްތިރީސް އަހަރު ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. މިހާދިސާ ހިންގާފައިވަނީ ރޭ ފަތިހު ފަސްގަޑިތިރީސް އެހައިކަންހާއިރު ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. މިމައްސަލަ މިހާރުދަނީ ބަލަމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

Related News