ދިވެހި|English Aug 24, 2026 · 08:39
Top banner
Advertisement
އެމްޑީޕީގެ ޖަލްސާ "ފުދިއްޖެ-ފުނޑިއްޖެ" މާދަންރޭ
News

އެމްޑީޕީގެ ޖަލްސާ "ފުދިއްޖެ-ފުނޑިއްޖެ" މާދަންރޭ

މމުހައްމަދު އަލީNov 11, 2024
މިސަރުކާރު ޒިންމާދާރު ކުރުވައި ކަންކަން އިސްލާހު ކުރުމަށް ގޮވާލާ އެމްޑީޕީން ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ. މިޖަލްސާ އޮންނާނީ މާދަންރޭ 8:30 ގައި އާޓިފިޝަލް ބީޗުގައެވެ. މިޖަލްސާގައި ރަށްރަށުގެ ބައެއް ކައުންސިލަރުންނާއި، އެމްޑީޕީގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުންނާއި އާންމުން ބައިވެރިވާނެއެވެ. އާންމުކޮށް ހުޅުވާލައިގެން ބާއްވާ މިޖަލްސާގައި ސަރުކާރަށް ގޮވާލާނީ ގޯސްކޮށް ކުރަމުންދާ ކަންކަން ރަނގަޅު ކުރުމަށެވެ. ސަރުކާރުގެ ބައެއް ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދަތިވެ ހިތްހަމެނުޖެހުން އިތުރުވަމުންދާ އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެގޮތުން މިސަރުކާރުގެ ދެވަނަ އަހަރު ފަށަންޖެހޭނީ މަގުމަތީ ހަރަކާތްތަކާއެކު ކަމަށް އިދިކޮޅު ބައެއް ފަރާތްތަކުން މިހާރު ވެސް ދަނީ ބުނަމުންނެވެ.  

Related News