ދިވެހި|English Aug 24, 2026 · 08:38
Top banner
Advertisement
ކޮންޓެއިނަރެއްގައި އެތެރެކުރި މަސްތުވާތަކެތި އަތުލައިގެންފި
News

ކޮންޓެއިނަރެއްގައި އެތެރެކުރި މަސްތުވާތަކެތި އަތުލައިގެންފި

މމުހައްމަދު އަލީNov 12, 2024
ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 3.38 ގްރާމުގެ (ވަގުތީ ބަރުދަން) މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުން ވިދާޅުވީ މި ތަކެތި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ ކަސްޓަމްސްއިން ދިން މައުލޫމާތަކާ ގުޅިގެން މާލެ ޕޯޓް ތެރެއިން ކޮންޓެއިނަރއެއް ބަލައިފާސްކުރިއިރު އޭގެތެރެއިން ކަމަށެވެ. މި ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ރޭ ޑްރަގް އެންފޯސްމަންޓުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި، އެ ކޮންޓެއިނަރ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓު ވަނީ ފެނިފައެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. ފުލުހުން ގެންދަނީ މިމައްސަލަ ބަލަމުންނެވެ.

Related News