ދިވެހި|English Aug 24, 2026 · 08:47
Top banner
Advertisement
ލޯބިވެރިޔާއަށް އިންޒާރުދިން ފުލުހަކު ހައްޔަރުކޮށްފި
News

ލޯބިވެރިޔާއަށް އިންޒާރުދިން ފުލުހަކު ހައްޔަރުކޮށްފި

މމުހައްމަދު އަލީNov 14, 2024
ލޯބިވެރިޔާއަށް އިންޒާރުދިން ފުލުހަކު ހައްޔަރުކޮށްފިއެވެ. މިމަހު ތޭރަވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ  އއ. މަތިވެރީ ޕޮލިސް ސްޓޭޝަގައި ރެކްރޫޓު ފުލުހެއްގެ ގޮތުގައި މަސައްކަތް ކުރަމުންއަންނަ އުމުރުން ނަވާއަހަރުގެ ޒައިދާން މުހައްމަދެވެ. އޭނާ ވަނީ ލޯބިވެރިޔާގެ ބަރަހަނާ ވީޑިއޯތަކާއި ފޮޓޯތައް ސޯޝަލް މީޑިއާއަށް ދޫކޮށްލާނޭ ކަމަށް ބުނެފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމަން މަތިވެރީ ކޯޓަށް ގެންދިޔުމުން ތިން ދުވަހަށް އޭނާ ބަންދުކުރަން ފުލުހުންގެ މައްޗަށް ވަނީ އަމުރު ނެރެފައެވެ. މިމައްސަލަ ތަހުގީގު ކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.  

Related News