ދިވެހި|English Aug 24, 2026 · 08:39
Top banner
Advertisement
ސަމާލުވޭ! ކުރިއަށްއޮތީވެސް ވިއްސާރަ ތިންދުވަސް
News

ސަމާލުވޭ! ކުރިއަށްއޮތީވެސް ވިއްސާރަ ތިންދުވަސް

މމުހައްމަދު އަލީNov 18, 2024
ކުރިއަށް އޮތް ތިންދުވަހު ވެސް ރާއްޖެއަށް ވިއްސާރަކޮށް ބޯކޮށްވާރޭވެހި ގުގުރާނޭ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ. މި ވިއްސާރައަކީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުން ނިމި އިރުވައި މޫސުން ފެށޭދުވަސްވަރާ ދިމާކޮށް މިސަރަހައްދުގައި އުފެދިފައިވާ ލޯލެވެލް ސާކިޔުލޭޝަނަކާ ގުޅިގެން ކުރަމުންދާ ވިއްސާރައެކެވެ. މި ވިއްސާރައިގައި ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހިފައިވެއެވެ. އެންމެ ގިނައިން ވާރޭވެހިފައިވާ ކަމަށް ރެކޯޑުކުރެވިފައިވަނީ ސ. ހިތަދުއަށެވެ. އެރަށަށް 110 މިލިމީޓަރުގެވާރޭ ވެހިފައިވާ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފައިވެއެވެ. މިވިއްސާރަ ކުރިއަށްއޮތް ތިންދުވަހުވެސް ރާއްޖެއަށް ކުރާނެއެވެ. ބައެއް ރަށްރަތަށް ބޯކޮށްވާރޭވެހި ގުގުރާނޭ ކަމަށްވެސް ބުނެފައިވެއެވެ. އެހެން ކަމުން ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.

Related News