ދިވެހި|English Aug 24, 2026 · 09:31
Top banner
Advertisement
ފުރުގާން މިސްކިތުގެ މުސްޙަފްތައް އުކާލައި ގެލުންދީފި
News

ފުރުގާން މިސްކިތުގެ މުސްޙަފްތައް އުކާލައި ގެލުންދީފި

މމުހައްމަދު އަލީNov 24, 2024
ފުރުގާން މިސްކިތުގައިހުރި މުސްޙަފްތައް ރޭ ފަތިސްނަމާދުގެ ކުރީން މުޅިތަނަށް އުކާލައި މިސްކިތުގެ ބައެއް ތަންތަނަށް ގެއްލުން ދީފިއެވެ. ދީފައިވާ ގެއްލުމުގެ ތެރޭގައި އިމާމް ހުންނަ ދިމާގައިހުރި ކަރަންޓް ބޯޑުތަކާއި އެޔަށް ޖަހާފައިހުރި އެޑަޕްޓަރުތައް ތަޅާ ހިމުންކޮށް، ވުޟޫ ކުރާ ބައިގެ ބައެއް އިސްކުރުތައް ބިންދާލައި މިސްކިތުގެ ބައެއް އެއްޗެހި އެތަނަށް އުކާފައިވެއެވެ. "މިކަން ކޮށްފައިވަނީ މިމިސްކިތުގައި އަބަދުހެން، ނަމާދު ގަޑިތަކުގައިވެސް ނިދާފައި އޮންނަ "ބުއްދިފިލާ ގޮސްފައިވާ" ޒުވާނެކެވެ. މީގެ ކުރިން އެތައް ފަހަރަކުވެސް މީނާ ވަނީ މުސްޙަފްތައް އުކާލުމާއި މިފަދަ އެތައް ކަމެއް މިމިސްކިތުގައި ކޮށްފައެވެ." އާދަމް ނިޝާން އަލީ އާދަމް ކިޔާ ބޭފުޅަކު އެފްބީ ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ. އޭނާ ވިދާޅުވެފައިވަނީ މިސްކިތްތަކުގައި ކެމެރާ ހަރުކޮށްގެން 24 ގަޑި އިރު މާލެ ސިޓީ ކައުންސިލުން ބަލަހައްޓަމުންދާ ކަމަށެވެ. އެހެންނަމަވެސް އެކަމުގެ ފައިދާއަކީ ކޮބައިތޯ އޭނާ ވަނީ ސުވާލުކުރައްވައިފައެވެ. "އަދި ކީރިތި ޤުރްއާނަށާއި، الله ގެ ގެކޮޅުގެ ޙުރުމަތް ކަނޑައިގެން އެތައް ފަހަރަކު މީނާގެ މައްސަލަ ފުލުހަށް ރިޕޯޓު ކުރެވިފައިވާ އިރު މިކަމަށް އެޅޭނެ ފިޔަވަޅެއް މިދައުލަތުގައި ނެތީހެއްޔެވެ؟" އޭނާ ސުވާލުކުރައްވާފައިވެއެވެ. މިމައްސަލާގައި ފުލުހުން ވިދާޅުވެފައިވަނީ މިމައްސަލަ ތަހުގީގު ކުރަމުން ގެންދަވާ ކަމަށެވެ.  

Related News