ދިވެހި|English Aug 24, 2026 · 08:00
Top banner
Advertisement
ޗާލުވެށި-މަގޭ ޒިންމާ ސްޓެލްކޯއިން މިއަދު ފަށައިފި
News

ޗާލުވެށި-މަގޭ ޒިންމާ ސްޓެލްކޯއިން މިއަދު ފަށައިފި

މމުހައްމަދު އަލީNov 30, 2024
"ޗާލުވެށި-މަގޭ ޒިންމާ" ގެ ނަމުގައި ސްޓެލްކޯއިން ތިމާވެށީގެ ހަރަކާތެއް މިއަދު ފަށައިފިއެވެ. މިއީ އެކުންފުނީގެ ސަބް ސްޓޭޝަންތަކާއި މަގުމަތީގައި ހުރި ޑިސްޓްރިބިއުޝަން ފޮށިތަކުގައި ތަތްކޮށްފައިވާ އިޝްތިހާރު ފަދަ ތަކެތި ނައްޓައި، ސަބް ސްޓޭޝަންތަކާއި ޑިސްޓްރިބިއުޝަން ފޮށިތައް ސާފުކުރުމަށް ކުންފުނީގެ މުވައްޒަފުން ހިންގާ ހަރަކާތެކެވެ. މި ޙަރަކާތް ފަށްޓަވައިދެއްވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމާއި، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމާއި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީއެވެ. ސްޓެލްކޯއަކީ ތިމާވެށްޓަށް އިސްކަންދީގެން މިފަދަ ހަރަކާތްތައް ހިންގާ ކުންފުންޏެވެ. އެކުންފުނީން ދެމުން ގެންދާ ޚިދުމަތްތައް ވެސް ތިމާވެށްޓާ ރައްޓެހި ގޮތަކަށް ހިންގުމަށް އެކުންފުނީން އަބަދުވެސް މަސައްކަތް ކުރެއެވެ.  

Related News